އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 19/03/2020

ދެވަނަ މީހަކު އެޗްއައިވީ އިން ސަލާމަތް ކޮށްފި

އިނގެރޭސިވިލާތަށް ނިސްބަތްވާ މިމީހާ ސަލާމަތްކުރެވިފައިވަނީ ސްޓެމް ސެލް ޓްރާންސްޕްލާންޓް ބޭނުންކޮށްގެނެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 19/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ސްޓެމް ސެލް ޓްރާންސްޕްލާންޓްގެ ސަބަބުން ދެވަނަ މީހަކު އެޗްއައިވީއިން ސަލާމަތްވެއްޖެ ކަމަށް ޔޫކޭގެ ހޯދުންތެރިން ބުނެފިއެވެ.

ދެވަނަ މީހަކު ސްޓެމް ސެލް ޓްރާންސްޕްލާންޓްގެ ސަބަބުން އެޗްއައިވީއިން ސަލާމާތް ވެފައިވާކަން ދަ ލޭންސެޓްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކައެވެ. މި ޕޭޝަންޓްގެ ސްޓެމް ސެލް ޓްރާންސްޕްލާންޓް ކޮށްފައިވަނީ ސީސީއާރ5 ޖީން ނެތް ސެލްތަކަކުންނެވެ. މި ޖީންއަކީ ވައިރަސް ސެލްތަކަށް ވަނުމަށް ބޭނުންކުރާ ޕްރޮޓީން އުފައްދައިދޭ އެއްޗެކެވެ. 

ސީސީއާރ5 ޖީން ނެތް ސެލްތަކަކީ މި ޕޭޝަންޓް ގައިގާ ހުރި ބައްޔެއްކަމަށްވާ ހޮޖްކިންސް ލިންފޯމާއަށް ފަރުވާކުރުމަށް ހެދި ބޯންމެރޯ ޓްރާންސްޕްލާންޓް ގައި ބޭނުންކުރި ސެލްތަކެވެ. 

ޓްރާންސްޕްލާންޓް ކުރިފަހުން އަދި އެންޓިރެޓްރޮވައިރަލް ތެރަޕީ ހުއްޓާލުމަށްފަހު ޑޮކްޓާރުން ބުނެފައިވަނީ ޕޭޝަންޓްގެ ލޭގައި އެޗްއައިވީގެ އަސަރެއް ފެންނަން ނެތްކަމަށެވެ. އެހެންނަމަވެސް މި ވައިރަސްގެ ޖެނެޓިކް މެޓީރިއަލް ހަށިގަނޑުގައި ހުރިނަމަވެސް މި ވައިރަސް އިތުރަށް ގިނަ ނުވާނެކަމަށެވެ. 

ހަމައެއާއެކު އެޗްއައިވީ ގެ އެއްވެސް އަސަރެއް ސެރެބްރޮސްޕައިނަލް ފްލުއިޑް، ސީމަން، އިންޓެސްޓިނަލް ޓިޝޫ އަދި ލިމްފޮއިޑް ޓިޝޫގައިވެސް ނެތްކަމަށް ސްޕެޝަލިސްޓުން ބުނެފައިވެއެވެ. 

އެހެންކަމުން މީގެން ދައްކަނީ އެޗްއައިވީއިން ދެވަނަ މީހަކު ސަލާމަތްވެފައިވާކަން ކަމަށްވެސް މި ހޯދުންތަކުގެ ލީޑް އޯތާ ޕްރޮފެސާ ރަވިންދްރާ ކުމާރ ގުޕްތާ ބުނެފައިވެއެވެ.

އެޗްއައިވީ އިން ސަލާމަތް ކުރި ފުރަތަމަ މީހާ

ބާރލިން ޕޭޝަންޓްގެ ނަމުން ނަން ދެވިފައިވާ ޓިމޮތީ ރޭ ބްރައުން އަކީ 2007 ވަނަ އަހަރު އެޗްއައިވީއިން ސަލާމަތްވި ފުރަތަމަ ޕޭޝަންޓްއެވެ. 1990 ވަނަ އަހަރުތަކުގެ ތެރޭގައި އެޗްއައިވީއަށް ޕޮސިޓިވްވެފައިވާ ޓިމޮތީއަށް ފުރަތަމަ ފަރުވާދީފައިވަނީ އެޗްއައިވީ ޕޭޝަންޓުންނަށް ދޭފަދައިންނެވެ. އެންޓިރެޓްރޮވައިރަލް ތެރަޕީއެވެ. 

އެހެންނަމަވެސް އެޗްއައިވީއަށް ފަރުވާކުރަމުން ދިއުމުގެ ތެރޭގައި ޓިމޮތީ ގައިގާ އެކިއުޓް މައިލޮއިޑް ލޫކީމިއާ ހުރިކަމަށްވަނީ ހޯދިފައެވެ. މިކަމުގެ ސަބަބުން ސްޓެމް ސެލް ޓްރާންސްޕްލާންޓްއެއް ކުރަންޖެހުނެވެ. 

ރަނގަޅު ޑޯނާއެއް ހޯދުމުގެ ތެރޭގައި ޓިމޮތީގެ ޑޮކްޓަރ އެކްސްޕެރިމެންޓްއެއް ހަދަން ބޭނުންވިއެވެ. އަދި މި ޑޯނާގެ ކިބައިން ސްޓެމް ސެލް ޓްރާންސްޕްލާންޓް ކުރުމުން ޓިމޮތީ ލޫކީމިއާއިން އަދި އެޗްއައިވީއިންވެސް ސަލާމްތްވިއެވެ.

އެޗްއައިވީ އިން ސަލާމަތްކުރި ފުރަތަމަ ޕޭޝަންޓް

 

ސްޓެމް ސެލް ޓްރާންސްޕްލާންޓް އަކީ ނުރައްކާތެރި ފަރުވާއެއް

މި ޓްރީޓްމަންޓްއާ ގުޅޭގޮތުން ޕްރޮފެސާ ރަވިންދްރާ ބުނެފައިވަނީ މި ޓްރީޓްމަންޓްއަކީ ހައި ރިސްކް ޓްރީޓްމަންޓްއެއް ކަމަށާއި، މި ޓްރީޓްމަންޓް ހަދަނީ އެންމެ ފަހު ގޮތެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ. އަދި މި ޓްރީޓްމަންޓް ހަދަނީ އެޗްއައިވީ ޖެހިފައިވާ ޕޭޝަންޓުންގެ ފުރާނައަށް ނުރައްކާ ވެފައިވާ މީހުންނަށްކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ. 

އެހެންކަމުން މި ޓްރީޓްމަންޓް ހަދަން ހުޅުވާލާނީ އެޗްއައިވީ ޖެހިފައިވާ ޕޭޝަންޓުންގެ ތެރެއިން އެންޓިރެޓްރޮވައިރަލް ތެރަޕީ ފުރިހަމަކަމާއެކު ކުރިއަށްދާ ޕޭޝަންޓުންނަށެވެ.

މި ޓްރީޓްމަންޓްއާ ގުޅޭގޮތުން ޑރ ޑިމިޓްރާ ބުނެފައިވަނީ ސީސީއާރ5 ބޭނުންކޮށްގެން ކުރަމުންދާ ޖީން އެޑިޓިންއަށް މީހުންގެ ސަމާލުކަން ލިބޭކަމަށާއި، މިފަދަ ތެރަޕީތައް ފުރިހަމަ ކަމާއެކު ބޭނުން ކުރެވެން ފެށުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ