އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 18/03/2020

ޗައިނާއިން ކޮވިޑް-19 އާއި ދެކޮޅަށް ނެގި ކާމިޔާބު ފިޔަވަޅުތަކުން ފިލާވަޅެއް ލިބިގަންނަން ޖެހޭ

މި ވައިރަސް ފެތުރެންފެށުމުން، ވައިރަސް ފެނިފައިވާ ހިސާބުތަކުގައިވާ މީހުންނަށް ފިޔަވަޅުއަޅުމަށް ޗައިނާ ސަރުކާރުން ލަހެއް ނުކުރެއެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 18/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ފެތުރެން ފެށިތާ ހަފްތާތަކެއް ތެރޭގައި ބައެއް ގައުމުތަކުން ފެންނަމުންދަނީ އެ ގައުމުތަކުގައި މި ވައިރަސް ޖެހެމުންދާ މީހުންގެ އަދަދު އިތުރުވާތަނެވެ. އެހެންނަމަވެސް މިހާރު މި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވާ ގައުމު، ޗައިނާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ. 

މި ވައިރަސް ފެތުރެންފެށުމުން، ވައިރަސް ފެނިފައިވާ ހިސާބުތަކުގައިވާ މީހުންނަށް ފިޔަވަޅުއަޅުމަށް ޗައިނާ ސަރުކާރުން ލަހެއް ނުކުރެއެވެ. މި ވައިރަސް އާއި ދެކޮޅަށް މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ރައްޔިތުންވެސް އެކުގައި މަސައްކަތް ކޮށްގެންނެވެ. 

ޗައިނާއިން ކަންތައްކުރީ ކިހިނެއް؟ 

ޗައިނާގައި މި ވައިރަސް ފެތުރިފައިވާ މިންވަރަށް ބަލާފައި، މި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މަދުވެފައިވާ ގޮތް ބައެއް މީހުންނަށް ޔަގީންނުވާއިރު، މިދިޔަ ފެބްރުއަރީ މަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ފަރާތުން މެޑިކަލް ޓީމްއެއްވަނީ ޗައިނާއަށް ދަތުރު ކޮށްފައެވެ. މި މެޑިކަލް ޓީމްއިން ވަނީ ޗައިނާއިން މި ވައިރަސްއާއި ދެކޮޅަށް މަސައްކަތް ކޮށްފައިވާ ގޮތުގެ ރިޕޯޓެއް ހުށަހަޅާފައެވެ.

ފެބްރުއަރީ 28 ގައި ނެރިފައިވާ މި ރިޕޯޓްއަކީ ޑަބްލިއުއެޗްއޯގެ މެޑިކަލް ޓީމްގައި ހިމެނޭ އެކި ގައުމުތަކަށް ނިސްބަތްވާ 13 ސައިންޓިސްޓުން އަދި ޗައިނާގެ 12 ސައިންޓިސްޓުން އެކުލަވާލައިގެން ހަދާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ޗައިނާއިން މި ވައިރަސް ފެތުރުން މަދުކޮށްފައިވާގޮތް ހިމަނާފައިވެއެވެ.

ފެބްރުއަރީ 10 ވަނަ ދުވަހު މި ޓީމް ފުރަތަމަ ޗައިނާއަށް ދިޔައިރު 2،478 އާ ކޭސް އެދުވަހު އެކަނިވެސް ރިޕޯޓް ކޮށްފައިވާއިރު، ދެ ހަފްތާފަހުން މި ޓީމް ޗައިނާއިން ފުރިއިރު ކޮންމެ ދުވަހަކު ވައިރަސް އަށް ޕޮސިޓިވް ވާމީހުންގެ އަދަދު ވަނީ 409 އަށް ދަށްވެފައެވެ. 

އަދި މި ވައިރަސް ފެތުރުނަ ނުދިނުމަށް ޗައިނާއިން ކޮށްފައިވާ މަސައްކަތަކީ އަދި އަޅާފައިވާ ފިޔަވަޅުތަކަކީ ހަރުކަށި ފިޔަވަޅުތަކެއްކަމުގައި ވިނަމަވެސް، ޗައިނާއިން ކުރި މަސައްކަތުގެ ސަބަބުން އެ ގައުމުގައި ވައިރަސް ޖެހެމުންއައި މީހުން މަދުވެފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ވައިރަސް ފެތުރުނަ ނުދިނުމުގެ ގޮތުން ޗައިނާ ސަރުކާރުން ހުބޭ ޕްރޮވިންސްގެ 50 މިލިއަން މީހުން ކަރަންޓީންވާން ގާނޫނުގެ ދަށުން މަޖުބޫރުކުރިއެވެ. އަދި މި ގަވާއިދަށް ތަބާނުވެ ކަރަންޓީނުވެފައިވާ އެއްވެސް މީހަކު ގެއިން ނުކުންނަން އުޅޭކަމުގެ ހަބަރު ދޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ހުށަހެޅިއެވެ. 

ވައިރަސް ފެތުރުނަ ނުދިނުމަށް ޗައިނާއިން ކޮށްފައިވާ މަސައްކަތަކީ އަދި އަޅާފައިވާ ފިޔަވަޅުތަކަކީ ހަރުކަށި ފިޔަވަޅުތަކެއް

ޗައިނާއިން ވައިރަސް ހުއްޓުވުމަށް އަޅާފައިވާ ފައިދާހުރި ބައެއް ފިޔަވަޅުތައް:

ޑަބްލިއުއެޗްއޯއިން ނެރިފައިވާ ރިޕޯޓްގައި ބުނެފައިވަނީ ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކަކީ މި ވައިރަސް ކޮންޓްރޯލް ކުރުމުގައި ވަރަށް ބޮޑު ބައެއް އަދާ ކޮށްފައިވާ ކަމެއްކަމަށާއި، މި ފިޔަވަޅުތަކުގެ ސަބަބުން މި ވައިރަސްއާއި ދެކޮޅަށް މަސައްކަތްކުރުމަށް ޗައިނާއަށް އިތުރު ވަގުތު ލިބިފައިވާކަމަށެވެ. އެގޮތުން ޗައިނާގެ ސަރުކާރުން:

· ޖެނުއަރީ 23 އިން ފެށިގެން 50 މިލިއަން މީހުން ގާނޫނުގެ ދަށުން ކަރަންޓީނު ކުރުން

· ހުބޭ ޕްރޮވިންސްއާއި ކައިރި ހިސާބުތަކުގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން ބަލިހެން ހީވާ މީހުން އަމިއްލައަށް ކަރަންޓީން ވުމަށް އެދުން

· ކަރަންޓީނުވެފައިވާ މީހުންއުޅޭގޮތް ބެލުމަށް އަވައްޓެރިން ގާތުގައި ބުނުން

· ހަފްތާއެއް ތެރޭގައި ކޮވިޑް-19 އަށް ފަރުވާ ކުރުމަށް ދެ ހޮސްޕިޓަލް އެޅުން

· ކަރަންޓީނުވުމަށް ދެވިފައިވާ އިރުޝާދުތަކާ އެއްގޮތަށް މަސައްކަތް ނުކުރެވޭ މީހުންގެ ވާހަކަ ބުނެދޭ މީހުންނަށް ފައިސާގެ އިނާމެއެއް ދިނުން

· ހުބޭގައިވާ ބަލި މީހުންނަށް އެހީވުމަށް ގައުމުގެ އެކި ހިސާބުތަކުގައިވާ ސިއްހީ އެހީތެރިން ފޮނުވުން

· ޔަގީންވެފައިވާ ކޭސްތައް ޓްރޭސްކުރުމަށް 1،800 ޓީމް ފޮނުވުން

· މުޅިގައުމުގައި މީހުންނާއި ދުރުން އުޅުމަށް ފިޔަވަޅުއެޅުމުގެ ގޮތުން ސްކޫލްތައް، އޮފީސްތައް، ތިއޭޓާރސް އަދި ކުޅިވަރުތައް ނުބާއްވަން ނިންމުން

· ބޭރަށް ދާނަމަ މާސްކް އަޅަން ބުނުން

· އަލިޕޭ އަދި ވީޗެޓް ފަދަ މޮބައިލް އެޕްތައް ބޭނުންކޮށްގެން މީހުން ދާ ތަންތަން ބެލުން. ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ދަތުރު ކުރާނަމަ މިގޮތަށް ހޯދާ

ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގައި ވައިރަސް ޖެހެމުން އައި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެންމެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޗައިނާގައި ރިޕޯޓުކުރެވިފައިވަނީ އެންމެ 13 ފަހަރެވެ.

އެހެން ގައުމުތަކުންވެސް  ލަސްނުކޮށް ފިޔަވަޅުއެޅުމުން ގައުމުގައި ބަލިވަމުން އަންނަ މީހުންގެ އަދަދު ދަށްވެ މި ވައިރަސް ކޮންޓްރޯލް ކުރަން ފަސޭހަ ވާނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ