އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/03/2020

ކޯވިޑް-19: ބަލީގެ ނުރައްކާ އުމުރުންދުވަސްވީ މީހުންނަށް އޮތްއިރު، މި ޒުވާނާ މަރުވީ ކިހިނެތް؟

ކޯވިޑް-19 ޖެހޭ މީހުންގެ ތެރެއިންވެސް އާއްމުގޮތެއްގައި ފުރާނައަށް ނުރައްކާވަނީ އުމުރުންދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ނުރައްކާތެރި ކޮރޯނާވައިރަސް ވެފައިވަނީ މިފަހަކަށް އައިސް ދުނިޔެދުށް އެންމެ ބޮޑު އެއްބަލިމަޑުކަމަށެވެ. މި ނުރައްކާތެރި ވައިރަސް އެންމެބޮޑަށް ޝިކާރަކުރަމުންދާ އެއްބަޔަކީ އުމުރުންދުވަސްވީ މީހުންނެވެ. 

ކޯވިޑް-19 ޖެހޭ މީހުންގެ ތެރެއިންވެސް އާއްމުގޮތެއްގައި ފުރާނައަށް ނުރައްކާވަނީ އުމުރުންދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނެވެ. އޭގެތެރެއިންވެސް އުމުރުންދުވަސްވީ މީހުންގެ ތެރޭގައި މިފަދަ ބަލިތައް ތަހައްމަލްކުރާ މިންވަރު އިތުރުވުމުން އެމީހުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ޑަބްލްވެއެވެ.

އެހެންނަމަވެސް 21 އަހަރުގެ ޒުވާން ފުޓުބޯޅަ ކޯޗަށް ކޯވިޑް-19 ޖެހިގެން މަރުވި ހަބަރާއެކު ގިނަބަޔަކަށް ވަނީ ހައިރާންކަން ކުރިމަތިވެފައެވެ. 

ރިޕޯޓުތަކުން ބުނާގޮތުގައި ސްޕެއިނަށް ނިސްބަތްވާ ފްރަންސިސްކޯ ގާސިއާއަށް ކޯވިޑް-19 ޖެހިފައިވަނީ އޭނާއަށް ލޭގެ ކެންސަރުޖެހިފައި ވަނިކޮށެވެ. އެހެންނަމަވެސް އޭނާއަށް ކެންސަރުޖެހިފައިވާކަން އެނގިފައިވަނީ ކޯވިޑް-19ގެ އަލާމަތްތައް ހަށިގަނޑުންފެނި ހޮސްޕިޓަލްގައި އެނދުމަތިކުރި ހިސާބުންނެވެ.

ސްޕެއިންގެ ނޫހެއްގައި ބުނެފައިވާގޮތުން މި ޒުވާން ކޯޗުވަނީ އޭނާއަށް ނޭވާލުމަށް ދަތިތަކާއި ކުރިމަތިވާންފެށުމުން އެހީހޯދުމަށްވެސް މަސައްކަތްކޮށްފަ އެވެ. އެގޮތުން ގާސިއާ ކޯޗުކަން ކޮށްދޭ ކްލަބްގެ ރައީސަށް ވެސް އޭނާ ގުޅާފައިވެއެވެ. އަދި އޭގެ ގަޑިއިރެއްފަހުން ގާސިއާގެ ހާލަތު ގޯސްވިކަމުގެ ހަބަރު ލިބިފައިވާކަމަށް ކްލަބްގެ ރައީސްވަނީ ބުނެފައެވެ.

"އަހަންނަކަށް އަދިވެސް ޤަބޫލެއް ނުކުރެވޭ. އަދިވެސް ޤަބޫލެއްނުކުރެވޭ އެއީ ވެދާނެކަމެއް ކަމަކަށް" ގާސިއާގެ މަރާގުޅޭގޮތުން ވާހަކަދައްކަމުން ކްލަބްގެ ރައީސް ބުނެފައިވެއެވެ.

ގާސިއާއަކީ ސްޕެއިންގެ މަލަގާއިން ކޯވިޑް-19 ޖެހިގެން މަރުވި އެންމެ ހަނގުމީހާއެވެ. ގާސިއާގެ އިތުރުން އެ އަވަށުންވަނީ ކޯވިޑް-19 ޖެހިގެން 4 މީހެއް މަރުވެފައެވެ. އަދި އެ އެންމެންނަކީވެސް އުމުރުން 70 އަހަރަށްވުރެ މަތީގެ މީހުންނެވެ.

ހެލްތް އޮފިޝަލުން ބުނާގޮތުގައި މިހާތަނަށް ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރަނީ އުމުރުންދުވަސްވީ އަދި ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުންގެ ގޮތުގައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ