އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/03/2020

ހާލުދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ ފުރަތަމަ މީހާގެ ހާލު މިހާރު ރަނގަޅު – ޑރ. މުރާދު

މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވުނު ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19އަށް ޕޮޒިޓިވްވެ ހާލުދެރަވުމުގެ ސަބަބުން ދަރުމަވަންތައަށް ހޮސްޕިޓަލަށް  ގެންދިޔަ ފުރަތަމަ މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.

ހާލު ރަނގަޅުވަމުން އަންނަ މީހާއާއި އޭނާގެ އަންހެނުންގެ އިތުރުން، އިތުރު 3 ތިންމީހަކު ދަރުމަވަންތައަށް ފަހުން ވަނީ ގެންގޮސްފައެވެ. އެތަނުން ދެމީހަކު ދަރުމަވަންތައަށް ގެންގޮސްފައިވަނީ ނޭވާލާ ނިޒާމުގެ މައްސަލަތަކެއް ހުރެގެންކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ. އަދި އެ ދެމީހުންވަނީ ދެފަހަރަށް ކޯވިޑް-19އަށް ނެގަޓިވްވެފައެވެ.

އެހެންނަމަވެސް އެ ދެމީހުން ކޮވިޑް ރޯގާ ނޫން އެހެން ރެސްޕިރޭޓަރީ އިންފެކްޝަނެއްގެ ސަބަބުން އެޑްމިޓްކޮށްފައި ކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ.

ދަރުމަވަންތައަށް ދެން ގެންގޮސްފައި ބަނޑޮސް އައިލެންޑް ރިސޯޓުން މާބަނޑު އަންހެނެކެވެ. މި އަންހެންމީހާވެސް ކޯވިޑް-19އަށް ހެދި ދެ ޓެސްޓުންވެސް ނެގެޓިވް ވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ އަދި އޭނާ ދަރުމަވަންތައަށް އަސްލު ގެންދެވުން ބަލީގެ އަލާމާތްތަކާއެކު މާބަނޑުވުމުގެ ސަބަބުން އިތުރު އުނދަގޫތަކެއް ހުރެގެން ކަމަށާއި ނަމަވެސް މިހާރު އޭނަވަނީ މިހާރު ދޫކޮށްލާފައި ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އެންމެފަހުން ކޯވިޑް-19އަށް ޝައްކު ކުރެވިގެން އައިސޮލޭޝަން ސެންޓަރުތަކަށް އިތުރު ބަޔަކުވަނީ ގެންގޮސް ޓެސްޓް ހަދާފައެވެ. އަދި މިހާރު ކަރަންޓީނު ފެސިލިޓީތަކާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ތިބި މީހުންގެ އަދަދަކީ:

ހުޅުމާލޭ ކަރަންޓީނު ފެސިލިޓީ – 57

ފަރުކޮޅުފުށީ އައިސޮލޭޝަން- 22

ދަރުމަވަންތަ ހޮސްޕިޓަލް - 2

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ