އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/03/2020

ހޯމް ކަރަންޓީނުއާއި ހިލާފުވާ ފަރާތްތައް 1676އަށް ރިޕޯޓުކުރޭ - މަބްރޫކް

މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވުނު ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މި ދުވަސްވަރު ގޭގައި ކަރަންޓީނުވުމަށް އަންގާފައިވާ ފަރާތްތަކުން އެންގުމާއި ހިލާފުވާނަމަ 1676އަށް ރިޕޯޓުކުރުމަށް ސްޕޯކްސްޕާރސަން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެދިލައްވައިފިއެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވަނީ ސަރުކާރުން ރައްޔިތުން ޒަރޫރީ ބޭނުންތަކަށްނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އަންގާފައިވަނިކޮށެވެ.

މަބްރޫކްގެ ވާހަކައާއި ގުޅުވައިގެން ޑރ. މުރާދު އިތުރަށް ވިދާޅުވީ މިދުވަސްވަރު ބޭރަށް ނުނިކުމެ ގޭގައި މަޑުކުރަން އެންގިނަމަވެސް، އަދިވެސް މާލޭގެ މަގުތައް ފެންނަނީ ބާރުބޮޑުކޮށްކަން ފާހަގަކުރައްވާފަ އެވެ. އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ފައިދާ ފެންނާނީ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރައްވައިގެން ކަމަށެވެ.

އަދި މިދުވަސްވަރު ހޮސްޕިޓަލަށް ބަލިމީހުން ގާތަށް ޒިޔާރަތް ނުކުރަން އެންގިނަމަވެސް ބައެއް މީހުން އަދިވެސް ހޮސްޕިޓަލަށް ދާކަން މުރާދުވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ހޮސްޕިޓަލްތަކުގައި ވިހައިގެން ތިބޭމީހުން ގާތަށް އަދިވެސް މީހުންދާކަމަށާއި އެގޮތަށް އެކަން ނުކުރުމަށް ޑރ. މުރާދުވަނީ އެދިލައްވާފައެވެ. 

މީގެއިތުރުން ސިއްހީއެހީތެރިން ކުރީސަފަށް ނުކުންނައިރު ރައްޔިތުން ގޭގައި ތިބުމަށް ޑރ. މުރާދުވަނީ އިލްތިމާސްކުރައްވާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ