އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 17/03/2020

ދާއިމީކޮށް ބޭސް ބޭނުންވާ މީހުން ޑޮކްޓަރަށް ނުދެއްކިޔަސް ބޭސް ލިބޭނެ ގޮތް އާސަންދައިން ހަމަޖައްސައިފި

މިކަން އަންގާ އާސަންދައިން މިއަދު ނޫސްބަޔާނެއް ވަނީ ނެރިފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 17/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެކިއެކި ބަލިތަކާ ގުޅިގެން، ދާއިމީކޮށް ބޭސް ކާންޖެހޭ މީހުން، ބޭސް ސިޓީ އާ ކުރުމަށްޓަކައި މި ދުވަސްވަރު ޑޮކްޓަރަށް ނުދެއްކިޔަސް ބޭސް ލިބޭނެ ގޮތް އާސަންދަ އިން ހަމަޖައްސައިފިއެވެ.

މިކަން އަންގާ އާސަންދައިން މިއަދު ނެރުނު ނޫސްބަޔާނުގައިވާގޮތުން ރާއްޖޭގެ ކުރީގެ ބޭސްސިޓީއަށް އާސަންދައިގެ ދަށުން ބޭސްދޫކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރުވެސް އެސްޓީއޯ އާއި އޭޑީކޭގެ ބައެއް ފާމަސީތަކުން މިފަދަ ބޭސްސިޓީތަކަށް ބޭސް ދޫކުރާނެކަމަށް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.

މިވަގުތު ކުރީގެ ބޭސްސިޓީތަކަށް އާސަންދައިގެ ދަށުން ބޭސްދޫކުރަމުންގެންދާ ފާމަސީތަކަކީ:

 އެސްޓީއޯ ހެންވޭރު ފާމަސީ (7922035)
 އެސްޓީއޯ ހުޅުމާލެ ފާމަސީ (7922035)
 އޭޑީކޭ ފާމަސީ 6، މާލެ (7258555)
 އޭޑީކޭ ފާމަސީ 10، ހުޅުމާލެ (7258559)
 ޓެބްލެޓް 2، ވިލިމާލެ (7258557)

އަދި މި ފާމަސީތަކަށް ވައިބާ މެދުވެރިކޮށްވެސް ބޭސްސިޓީ ފޮނުވުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އާސަންދައިގެ ދަށުން ކުރީގެ ބޭސްސިޓީތަކަށް ބޭސްލިބޭނެގޮތް ހަމަޖައްސާފައިވަނީ ވަކި ޤަވާއިދުތަކެއްގެ ދަށުންނެވެ.

އެގޮތުން ބޭސްދޫކުރާ ބޭސްސިޓީއަކީ އާސަންދަ ހިދުމަތް ފޯރުކޮށްދޭ މަރުކަޒަކުންނަމަ މަދުވެގެން 6 މަސް އަދި އާސަންދަގެ ހިދުމަތްނުދޭ މަރުކަޒަކުންނަމަ މަދުވެގެން 3 މަސްހަމަނުވާ ބޭސްސިޓީއަކަށް ވާންޖެހޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. 

މީގެއިތުރުން މިހާރު ދީފައިހުރި ބޭސް ހުސްވުމުގެ ހަފްތާއެއްކުރިން ފާމަސީތަކަށް ބޭސް ހޯދުމަށް ހުށަހެޅުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.

ހަމައެހެންމެ ކުރީގެ ބޭސްސިޓީއަށް އާސަންދައިގެ ދަށުން ބޭސްދޫކުރާނީ ހަމައެކަނި ދިގުމުއްދަތަށް ފަރުވާކުރާ ބޭސްސިޓީތަކަށް އެކަންޏެވެ. އަދި ބޭސްސިޓީގައި ހުންނަންވާ ހުރިހާ މައުލޫމާތެއް ފުރިހަމައަށް ހުންނަން ޖެހޭނެކަމަށްވެސް އާސަންދައިން ވަނީ ބުނެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ