އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 14/03/2020

އާދައިގެ ފޮތި މާސްކް ބޭނުން ކުރާކަށް ޑރ. ނަޒްލާ ލަފައެއް ނުދެއްވާ

މިއަދު ދަރުބާރުގޭގައި ބޭއްވުނު ޕްރެސް ކޮންފަރެންސް ގައި ޑރ. ނަޒްލާ ވަނީ މާސްކް އެޅުމާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 14/03/2020

Dr Fathimath Nazla Rafeeq Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އާދައިގެ ފޮތި މާސްކް ބޭނުން ކުރާކަށް ޑރ. ފާތިމަތު ނަޒްލާ ރަފީގް ލަފައެއް ނުދެއްވައެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވެފައިވަނީ ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް އަޅާ މާސްކް އަކީ ވަކި ގޮތަކަށް އެކި ލޭޔަރސް އާ އެކީ ހަދާފައި ހުންނަން ޖެހޭ އެއްޗެއް ކަމެވެ.

އެގޮތުން ހޮސްޕިޓަލް ތަކުގައި ބޭނުން ކުރާ ސަރޖިކަލް މާސްކް އަކީ އެ ސްޓޭންޑަރޑްއަށް ފެތޭ މާސްއެއް ކަމާއި، ނަމަވެސް ފޮތި މާސްކް އަކުން ބޭނުންވާ މަގްސަދު ހާސިލް ނުކުރެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ސިއްހީ މާހިރުން މާސްކް އެޅުމާއި ބެހޭގޮތުން ބުނެފައިވަނީ މާސްކް އެޅުން މުހިންމު ވާނީ ބަލިވެފައި ހުރެގެން މީހުންގެ ތެރެއަށް ނުކުންނަން ޖެހިއްޖެނަމައެވެ. ނުވަތަ ބަލިމީހަކަށް އަޅާލާ ނަމައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ވަނީ 10 މީހަކު ޕޮޒިޓިވް ވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ