އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 13/03/2020

ކޮވިޑް-19: ކޮންޓެކްޓް ޓްރޭސިން އަކީ ކީއްކުރަން ކުރާ ކަމެއް؟

ކޮންޓެކެޓް ޓްރޭސިންގްއަކީ މީގެ ކުރިން އެބޯލާފަދަ ބަލިތައް ފެތުރެން ފެށުމުން ކުރަމުން އައި ކަމެކެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 13/03/2020

Coronavirus COVID-19 Contact tracing
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ވައިރަސް ޖެހިފައިވާ މީހުންނާ އެއްވެސް ވަރަކަށް ކޮންޓެކްޓް ވެފައިވާ މީހުން ހޯދުމުގެ މަސައްކަތަށް ކިޔަނީ ކޮންޓެކްޓް ޓްރޭސިންގްއެވެ. އުނދަގޫ ކަމެއް ނަމަވެސް މީހުންގެ ފުރާނަ ސަލާމަތްވާ ކަމެކެވެ. ޕޮސިޓިވްވާ ކޮންމެމީހެއް ފެނުމުން އެ މީހަކާ ކޮންޓެކްޓް ވެފައިވާ މީހުން ހޯދުމަށް ހުރިހާ ގައުމެއްގެ ސިއްހީ އިދާރާތަކުން މަސައްކަތްފަށައެވެ.

ކޮންޓެކެޓް ޓްރޭސިންގްއަކީ މީގެ ކުރިން އެބޯލާފަދަ ބަލިތައް ފެތުރެން ފެށުމުން ކުރަމުން އައި ކަމެކެވެ. ނުވަތަ ކުރަންފެށިފައިވާ ޕްރޮސީޖާއެކެވެ. 

މިކަމާ ގުޅޭގޮތުން ފްރާންސްގެ ހެލްތު މިނިސްޓްރީއިން ބުނެފައިވަނީ މިފަދަ ބަލިތައް ފެތުރެމުންދާއިރު ވައިރަސް ޖެހިފައިވާ މިހާއާއި ކޮންޓެކްޓްވެފައިވާ މީހުން ވިހާވެސް އަވަހަކަށް ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. މިކަމަކީ ވައިރަސް އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއްކަމަށްވެސް ބުނެފައިވެއެވެ. 

އެގޮތުން، އެންމެ ފުރަތަމަ މި ވައިރަސް ޖެހިފައިވާ މީހާ ކައިރި އެމީހަކާ ކޮންޓެކްޓްވެފައިވާ މީހުން ބުނެދިނުމަށް އެދުމަކީ ކުރުން ރަނގަޅުކަމެއް ކަމަށާއި މިކަން ކުރަނީ އޭގެން މީހަކަށްވެސް މި ވައިރަސް ޖެހިފައި ހުރެދާނެތީކަމަށް ފްރާންސްގެ ހެލްތު މިނިސްޓްރީއިން ބުނެފައިވެއެވެ. 

އަދި މި ޕޭޝަންޓްއާ ދިމާވެފައިވާ މީހުންގެ ލިސްޓްއެއް ދިނުމުން، މިފަދަ ބަލިތަކުގެ މާހިރުން މި މީހުންނާ ގުޅައި، އެމީހުންނަށް ބަލިޖެހުމުގެ ރިސްކްއަށް ބަލުމަށްފަހު އެކި ބައިބަޔަށް ބަހާލާނެއެވެ. މިގޮތުން ބަހާލެވެނީ ތިން ބަޔަކަށެވެ؛ ބަލި ޖެހުމުގެ ފުރުސަތު ބޮޑޮ މީހުންނާއި، ބަލި ޖެހުމުގެ ފުރުސަތު މެދު މިނެއްގައި ހުރި މީހުންނާއި، ބަލި ޖެހުމުގެ ފުރުސަތު ކުޑަ މީހުންނެވެ.

އެގޮތުން ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑު ކަމަށް ބެލެވޭ މީހުންނަކީ ޕޭޝަންޓްއާ ގާތުން ކޮންޓެކްޓްވެފައި ނުވަތަ، މީޓަރަކަށް ވުރެ ކައިރިން 15-10 މިނިޓަށް ދިމާވެފައިވާ މީހުންނެވެ. 

މިބައިގައި ހިމެނޭ މީހުން ކައިރި ގޭގައި މަޑު ކުރުމަށް ބުނެ ކޮންމެ ދުވަހަކު ދެފަހަރު ޓެމްޕަރޭޗާރ ބެލުމަށް ބުނެވޭނެއެވެ. އަދި ހެލްތު ވޯކަރުން އެމީހުންނަށް ގުޅައި، ރޫމް ކަރަންޓީން ވެފައިވޭތޯ ބަލައެވެ.

އަދި މި ބަލި ޖެހިފައި ހުރުމުގެ ފުރުސަތު ކުޑަކަމަށް ބެލެވޭ ބައިގައި ހިމެނެނީ ކުޑަހިނދުކޮޅަކަށް ބަލިމީހާއާ ދިމާވެފައިވާ މީހުންނެވެ. މިސާލަކަށް މަގުމަތިން ދިމާވެފައިވިނަމަވެސް މި ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަވާނެއެވެ. 

މީގެން އެންމެ އުނދަގޫ ވާނީ މި ދެބައިގެ މެދަށް ހިމެނޭ މީހުންނެވެ. މި މީހުން ކައިރިވެސް ކޮންމެ ދުވަހަކު ދެ ފަހަރު ޓެމްޕަރޭޗާ ބެލުމަށް ބުނެ، އިތުރު އަލާމާތްތައް ފެންނަން ފަށައިފިނަމަ ޑޮކްޓަރަކާ ވާހަކަ ދެއްކުމަށް ބުނެއެވެ. 

އެހެންނަމަވެސް މި މީހުންގެ އޮބްޒަވޭޝަން ދުވަސްތަކުގައި ބޭރަށް ދެވެއެވެ. މި އޮބްޒަވޭޝަން ޕީރިއަޑް އަކީ 2 ހަފްތާއެވެ. މީގެން ކޮންމެ ޕޭޝަންޓްއެއްވެސް ބައިވަރު މީހުންނާ ކޮންޓެކްޓްވެފައިވެދާނެ ކަމަށާއި، މި ކަމުގެ ސަބަބުން ކޮންޓެކްޓް ޓްރޭސް ކުރަން އުނދަގުވާކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް ފްރާންސް އަދި އިނގިރޭސިވިލާތުގައި މި ޕްރޮސީޖާ ރަނގަޅަށް މަސައްކަތް ކުރެއެވެ. 

ކޮންމެ ކޭސްއަކީ ތަފާތު ކޭސް އެއް ކަމަށްވާއިރު، ބައެއް ގައުމުތައް މި ވައިރަސްއަށް ތައްޔާރުނުވެ ތިބުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ކޮންޓެކްޓް ޓްރޭސް ކުރުމަށް އިންފްރާސްޓްރަކްޗާ ހޯދާފައިވާއިރު ތަރައްގީ ނުވާ ގައުމުތަކުގައި މި ވައިރަސް ފެތުރުން ހުއްޓުވުން އުނދަގޫވެދާނެ ކަމުގެ ބިރުވެއެވެ. 

ކޮންޓެކްޓްވެފައިވާ ކޮންމެ މީހަކު ހޯދަން އުނދަގޫ ކަމުގައިވިނަމަވެސް މި ކަމަކީ މީހުންގެ ފުރާނައަށް ރައްކާތެރި ވުމުގެ ގޮތުން އަދި މި ވައިރަސް އިތުރަށް ފެތުރުނަނުދީ ހުއްޓުވުމަށް ލިބޭ ފުރުސަތެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ