އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ޙަފްޞާ ޙަފްޞިއްޔާ ޙުސެއިން ޝާއިޢު ކުރީ 10/03/2020

ދިރާސާ: ކުޑަކުދިން ލަހުން ނިދާނަމަ ފަލަބަލި ޖެހުމަށް މެދުވެރިވޭ

މިއީ މިދިޔަ ފެބްރުއަރީ މަހު ޕީޑިޔަޓްރިކްސް ޖާނަލް ގައި ޝާއިއު ކުރެވިފައިވާ ދިރާސާއެކެވެ.
Hafsa Hafsiyya Hussain Avatar
ޙަފްޞާ ޙަފްޞިއްޔާ ޙުސެއިން

ޝާއިޢު ކުރީ: 10/03/2020

Obesity Pediatrics
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އައު ދިރާސާއަކުން ކުޑަކުދިން އޮބީސް ނުވަތަ އިންތިހާ އަށް ފަލަވެ ފަލަބަލި ޖެހުމާއި އެކުދިންގެ ނިދާ ގަޑި ގުޅުވައިފިއެވެ. ނަމަވެސް މައިންބަފައިން ހަލަބޮލިވެ އެކުދިން އަވަހަށް ނިންދެވުމަށް އެހާ ބޮޑު ސަމާލުކަމެއް ދޭން ނުޖެހޭކަމަށްވެސް މި ދިރާސާގެ ވެރިން ބުންޔެވެ.

މިދިޔަ ފެބްރުއަރީ މަހު ނެރުނު މި ދިރާސާގައި ސުވީޑަންގެ އެއް އަހަރާއި ހަ އަހަރުގެ 107 ކުޑަކުދިން ބައިވެރިވިއެވެ. މީގެތެރެއިން 64 ކުދިންނަކީ މާބޮޑަށް ފަލަވެފައިވާ ނުވަތަ އޯވާ ވެއިޓްކަމަށް ފާހަގަ ކޮށްފައިވާ ކުދިންނެވެ. އަދި ކޮންމެ އަހަރަކު ޖެހިޖެހިގެން ހަތް ދުވަހު ކޮންމެ ކުއްޖެއްގެ ބަރުދަން، ދިގުމިން، އުނަގަނޑުގެ ވަށަމިން، އަދި ނިދާ ގަޑި އަތުކުރީގައި އަޅުވާފައިވާ ޓްރެކާ އެއްގެ ޒަރިއްޔާއިން ބެލިއެވެ.

މި ދިރާސާއިން އެއްކުރެވުނު މައުލޫމާތުން ދައްކައިދެނީ، ގިނަގިނައިން ލަސް ގަޑިއެއްގައި، އެއީ ރޭގަނޑު ނުވައެއްގެ ފަހުން، ނިދާ ކުދިންގެ އުނަގަނޑުގެ ވަށަމިން އިތުރުވެފައިވާކަމާއި އަދި ބީ.އެމް.އައި. (ބޮޑީ މާސް އިންޑެކްސް) އިތުރުވެފައިވާކަމެވެ.

ދިރާސާގެ އެއް ލިޔުންތެރިއެއް ކަމަށްވާ ޑރ. ކުލައުޑް މާކަސް ބުނުއްވަނީ، ކުޑަކުދިން ލަހުން ނިދުމަކީ ބަރުދަން އިތުރުވުމަށް ދިރާސާގައި ބޮޑަށް ފާހަގަކުރެވުނު އެއް ފެކްޓަރ ކަމަށެވެ. ނަމަވެސް މިކުދިންގެ ނިދުން އަވަސް ކުރާނަމަ ބަރުދަނަށް އެއްވެސް ބަދަލެއް އަންނާނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް ވެސް ބުނުއްވިއެވެ. އެހެނީ މިއީ ހަމައެކަނި ގުޅުމަކަށް ވާތީއެވެ. އަދި މިކަންތައް ހިނގައިދިޔަ ގޮތުގެ މައިގަނޑު ސަބަބަކަށް، އާދައެއް ނެތި އުޅޭ އުޅުން ކަމުގައި ވެދާނެކަމަށް އޭނާ ގަބޫލުކުރެއެވެ.

މި ދިރާސާއަށް ފާޑުކިޔަމުން، އެމެރިކާގެ ޑރ. ނިކޯލް ގުލޭސަރ އަދި ޑރ. ޑެނިސް ސުޓައިން، ބުނުއްވަނީ، ފަލަވުމާއި ރަނގަޅަށް ނުނިދުން އެހެނިހެން ކަންކަމާއި ވެސް ގުޅުވިފައިވާނެކަމަށެވެ. މިސާލަކަށް ގިނައިން ސްކްރީން ބޭނުންކުރުން، ރަނގަޅަށް ކަސްރަތު ނުލިބުން އަދި މައިގަނޑު ގޮތެއްގައި އާއިލާގެ ފަރާތުން ސިއްހަތަށް ރަނގަޅު ކަންކަމަށް އެހާ ސަމާލުކަމެއް ނުދިނުން ހިމެނެއެވެ. މިހެންނަމަވެސް، ނިދުން ކޮންޓްރޯލް ކުރާ ސިކުނޑީގެ ފަރާތް، ކެއުމާއި ގުޅިގެން އަންނަ ހަރަކާތްތައް ވެސް ކޮންޓްރޯލް ކުރުމުގެ ސަބަބުން މީގައި ފިޒިކަލް ގުޅުމެއް އޮވެދާނެކަމަށްވެސް އެދެ ބޭފުޅުން ބުނުއްވިއެވެ.

މިހެންކްމުން ދިރާސާގެ މައިގަނޑު ހޯދުމަކަށްވީ، ކުޑަކުދިންގެ ދިރިއުޅުމުގައި ރަނގަޅު ރޫޓީންއެއް ދެމެހެއްޓުމުގެ މުހިއްމުކަމެވެ. މީގައި އެކުދިންގެ ކާ ގަޑިތަކާއި ނިދާ ގަޑިތައް ހިމެނެއެވެ. އަދި ނިދާގަޑީގެ ސަބަބުން ފަލަވުމަށް މެދުވެރިވުމުގެ ހިރާސްކަން ބޮޑުވެގެންދެވެ. 

މީގެ އިތުރުން، ކުޑަކުދިން ރަނގަޅަށް ބޮޑުވުމަށާއި އަދި މައިންބަފައިންނާއި އެކުދިންގެ އޮންނަ ގުޅުމަށް، ރޫޓީން ގެންގުޅުމުގެ މުހިއްމުކަމަށް އެއްބާރުލާ ދިރާސާތައްވެސް ވެއެވެ. އަހެނީ ނަފްސާނީ ބަލި އެހާ އާންމު ޒަމާނެއްގައި ރޫޓީންއެއްގެ ތެރެއިން އަންނަ ދެކެފަރިތަކަން ވަނީ އެކުދިންނަށް ބޭނުންވާ ރައްކާތެރި ހާއްޔަކަށެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ