އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/03/2020

ކޮރޯނާވައިރަސް- އިންޑިޔާގެ ހާލަތު ބަދަލުވެފައިވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން: ސްޕޯކްސްޕާރސަން  

މިރޭ ބޭއްވުނު ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/03/2020

COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަވަށްޓެރި އިންޑިޔާގައި ވެސް ކޮރޮނާވައިރަސް ފެތުރެމުންދާތީވެ، އިންޑިޔާގެ ހާލަތު އިތުރަށް ބަލާފައި ކުރިއަށްވުރެ ގޯސްނަމަ ސަރުކާރުން އެކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނޭކަމަށް ސްޕޯކްސްޕާރސަން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވަނީ މިރޭ ކޮރޯނާވައިރަސް އާ ބެހޭގޮތުން ދަރުބާރުގޭގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައިެވެ.

އިންޑިޔާއިން މިހާތަނަށްވަނީ ޖުމްލަ 45 މީހަކުވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެފައެވެ. އެގޮތުން ދިވެހިން ދަތުރުކުރާ ބައެއް އަވަށްތަކުންވެސް މި ވައިރަސްވަނީ ފެނިފައެވެ.

ރާއްޖެއާއި ގާތުގައި އޮންނަ ބަންގްލަދޭޝް އިންވެސް ކޮވިޑް-19 ފެނުމާއި ގުޅިގެން ވަގުތީގޮތުން އެ ޤައުމުން ރާއްޖެއަށް މީހުން އެތެރެވުން ސަރުކާރުން މިއަދުވަނީ މަނާކޮށްފައެވެ.

ބަންގްލަދޭޝްގެ އިތުރުން، އިޓަލީ، ސައުތުކޮރެއާ ގެ ބައެއް ހިސާބުތަކުން އަދި ޗައިނާއިން ރާއްޖެއަށް މީހުން އެތެރެވުން ސަރުކާރުންވަނީ ވަގުތީގޮތުން މަނާކޮށްފަ އެވެ.

އިންޑިޔާގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ގަތަރުންވެސް ވަނީ އިންޑިޔާގެ މީހުން އެ ޤައުމަށް އެތެރެވުން ވަގުތީގޮތުން މަނާކޮށްފަ އެވެ.

ނޮވެލް ކޮރޯނާވައިރަސް ދުނިޔޭގެ 112 ގައުމަކަށް ފެތުރިފައިވާއިރު 111،000 މީހުން ބައްޔަށް ޕޮޒިޓިވް ވެ 3،800 މީހުން ވަނީ މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ