އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/03/2020

ކޮވިޑް-19އަށް ދެ މީހުން ޕޮޒިޓިވްވެ، ޕޮޒިޓިވްވި މީހުންގެ އަދަދު ހަޔަކަށް އަރައިފި

ދަރުބާރުގޭގައި މިރޭ އޮތް ޕްރެސް ކޮންފެރެންސްގައި މިކަން ވަނީ ޔަގީން ކޮށްދެއްވާފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/03/2020

COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން އިތުރު ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، ޕޮޒިޓިވްވި މީހުންގެ އަދަދު ހަޔަކަށް އަރައިފި އެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ކުރެއްދޫއިން އައިސޮލޭޓްކުރި މީހުންގެ ތެރެއިން ދެމީހުންނެވެ. އަދި ސަރކާރުންވެސް މިކަން ވަނީ ޔަގީންކޮށްދީފަ އެވެ.

ދަރުބާރުގޭގައި މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މި ސަރުކާރުގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް ވިދާޅުވީ އެންމެފަހުން ޕޮޒިޓިވްވި މީހުންނައި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބޭވަރަކުން ގެންދާނެކަމަށެވެ.

މީގެއިތުރުން ޑރ. ނަޒްލާ ވިދާޅުވީ ކުރެއްދޫއިން ބޭރުން އައިސޮލޭޝަންގައި ތިބީ ހޯމް އައިސޮލޭޝަންގައި ތިބި މިހުން އެކަނި ކަމަށެވެ. އަދި ރަށަކުން ހޯމް އައިސޮލޭޝަންގައި މީހަކު ހުރިނަމަވެސް އެ ރަށަށް މީހުން އަރައި އާއްމު ހާލަތުގައި ދިރިއުޅެވޭނެ ކަމަށެވެ. އެހެންކަމުން އެފަދަ ރަށްތަކާއިމެދު ތަފާތުކުރުން ނުގެންގުޅުމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.

އަދި ވައިރަސް ހުރި މީހާއާއި ކޮންޓެކްޓް ވެފައި ތިބި މީހުންނަކީ އިތުރު އަލާމާތްތައް ފެނޭތޯ ބަލަން ބައިތިއްބާ މީހުންކަމަށެވެ. އަދި ކޮންޓެކްޓް ވާ މީހުންނަކީ އެމީހުންގެ ފަރާތުން ވަގުތުން ބަލި އަރާމީހުން ނޫންކަމަށް ނަޒްލާވަނީ ވިދާޅުވެފަ އެވެ.

ނޮވެލް ކޮރޯނާވައިރަސް ދުނިޔޭގެ 112 ގައުމަކަށް ފެތުރިފައިވާއިރު 111،000 މީހުން ބައްޔަށް ޕޮޒިޓިވް ވެ 3،800 މީހުން ވަނީ މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ