އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 08/03/2020

ރާއްޖޭގައި އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ސެންޑީޒް ބަތަލާ ރިސޯޓުން ވައިރަސްއަށް 2 ބިދޭސީން ޕޮޒިޓިވް ވެއްޖެއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 08/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި އިތުރު ދެ މީހަކު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އިއުލާނުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ ސެންޑީޒް ބަތަލާ ރިސޯޓުން ވައިރަސްއަށް ޓެސްޓު ކުރި 3 ބިދޭސީންގެ ތެރެއިން ދެ މީހެއްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޕޮޒިޓިވް ވި ފަރާތްތަކުގެ އިތުރު މައުލޫމާތެއް އެ އޭޖެންސީއިން ހާމަކޮށްފައެއް ނުވެއެވެ.

މިއާއެކު ރާއްޖެއިން 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެހެންނަމަވެސް އަދި ދިވެއްސަކު މިބައްޔަށް ޕޮޒިޓިވް އެއް ނުވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ