އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 07/03/2020

އުމުރުން ދުވަސްވީ މީހުން ކޮރޯނާވައިރަސް އަށް ހޭލުންތެރިކުރުމާއި އަޅާލުން މިވަގުތަށް މުހިއްމު

ނުރައްކާތެރި ހާލަތައް ދާ މީހުންގެ ތެރެއިންވެސް އެންމެ ނުރައްކާ ބޮޑީ ދުވަސްވީ މީހުންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 07/03/2020

Dr Nazla Musthafa Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާގެ ވޫހާން އަވަށުން ފެނިގެން ދިޔަ ނޮވެލް ކޮރޯނާވައިރަސްގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސް ކުރާ މީހުންނަށެވެ. 

މިކަން ތަފްސީލް ކޮށްދެއްވަމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރ، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޮރޯނާވައިރަސް އަކީ 80 އިންސައްތަ މީހުންނަށް އާދައިގެ ރޯގާއެއް ކަމާއި، 15-20 އިންސައްތަ މީހުން އިތުރަށް ބަލިވުމުގެ ފުރުސަތު އޮތުމުގެ އިތުރުން، ނުރައްކާތެރި ހާލަތަކަށް ދަނީ 3-5 އިންސައްތަ މީހުން ކަމަށެވެ.

އަދި ނުރައްކާތެރި ހާލަތައް ދާ މީހުންގެ ތެރެއިންވެސް އެންމެ ނުރައްކާ ބޮޑީ ދުވަސްވީ މީހުންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ދާދި ފަހުން އިޓަލީގައި ވެސް ހަލުވި ކަމާއެކު ފެތުރުނު މިވައިރަސް އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އެވަރޭޖްކޮށް 80 އަހަރުގެ މީހުންނަށެވެ. 

އެހެންކަމުން ގޭގައި ތިބި ދުވަސްވީ މީހުންނަށް އިތުރަށް އިރުޝާދު ދިނުމަށާއި، ރޯގާ ޖެހިފައި ހުރި ހާލަތަގައި ދުވަސްވީ މީހުން ކައިރިއަށް ނުދިޔުން މުހިއްމު ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި ހާއްސަކޮށް ބަލި ހާލުގައި ބަލިމީހުން ކައިރިއަށް ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށްވެސް ޑޮކްޓަރ އިލްތިމާސް ކުރެއްވިއެވެ. ސަބަބަކީ ގިނަފަހަރަށް ހޮސްޕިޓަލް ތަކުގައި ތިބޭނީ ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލް ކުރާ މީހުންނެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވެފައިވަނީ ދާއިމީ ބަލިތަކަށް (ލޭ މައްޗަށް ދިޔުން، ހަކުރު ބަލި، ފުއްޕާމޭގެ ބަލިތައް، ކެންސަރު ފަދަ ބަލިތައް) ބޭސް ކުރާ މީހުންނަށް ކޮރޯނާވައިރަސް އިން ބޮޑަށް އަސަރު ކުރުމުގެ ފުރުސަތު އޮތްކަމަށެވެ. އެހެންކަމުން މިފަދަ މީހުން އިތުރަށް ބަލައިގެން އުޅުމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ދެ ގްރޫޕް (ދުވަސްވީ މީހުން އަދި ދާއިމީ ބަލިތަކަށް ބޭސް ކުރާ މީހުން) މި ދުވަސްވަރު ދަތުރުފަތުރު ނުކުރުމަށްވެސް ޑރ. ނަޒްލާ އިލްތިމާސް ކުރެއްވިއެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ