އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 06/03/2020

ވ. ތިނަދޫއަށް އަރާފުރުން ވަގުތީގޮތުން ބަންދުކޮށްފި

ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެންމެ ފަހުގެ މައުލޫމާތު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 06/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ވ. ތިނަދޫއަށް ވަގުތީގޮތުން އަރާފުރުން ބަންދުކޮށްފި އެވެ. ވ. ތިނަދޫއިން އިޓަލީގެ ރައްޔިތެއް ފަރުކޮޅުފުށީގައި ހުންނަ އައިސޮލިއުޝަން ސެންޓަރަށް ގެންގޮސް ޓެސްޓް މިހާރުދަނީ ޓެސްޓުކުރަމުންނެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި އިޓަލީއަށް ދިޔަ ފަތުރުވެރިއެއް ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެ ފަތުރުވެރިޔާ ޗުއްޓީ ހޭދަކޮށްފައިވަނީ ކުރެއްދޫ ރިސޯޓުގަ އެވެ. އަދި އެއާ ގުޅިގެން މި ރިސޯޓުވެސް ވަނީ ވަގުތީގޮތުން މީހުން އަރާފޭބުން ބަންދުކޮށްފަ އެވެ.

އަދި އިޓަލީއިން ވަގުތީގޮތުން ފަތުރުވެރިން ރާއްޖެއަށް ނާދެވޭނެކަމަށް ސަރުކާރުން ނިންމައިފަ އެވެ. އިޓަލީއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވަނީ މާދަމާރޭ 12:00 އިން ފެށިގެންނެވެ.

މިކަމާއި ގުޅިގެން ސަރުކާރުން މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ރާއްޖޭގެ ރަށަކުން ކޮރޮނާވައިރަހުގެ ޕޮޒިޓިވް ކޭސްއެއް ލިބިއްޖެނަމަ އެ ރަށަށް އަރާފޭބުން ބަންދުކުރެވޭނެ އެވެ.

އަދި މިހާރު ޓެސްޓުކުރަމުންދަނީ އަލާމާތްތައް ފެންނަން ހުރި މީހެއް ކަމަށާއި އަދި އެމީހާ ކޮވިޑް-19އަށް ޕޮޒިޓިވް ނުވާކަން މިނިސްޓަރ ވަނީ ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 އަށް ފަރުވާދެވޭނެ ހުރިހާ އާލާތްތަކެއް މިހާރު ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މިހާރު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މީހަކު ޕޮޒިޓިވް ކޭސްއެއް ފެނިއްޖެނަމަ އަމަލުކުރުމަށް އޮންނަ ތަރުތީބުގެ ވެސް އިރުޝާދުވެސް ދީފައިވާނޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަލީ ވަީދު ވިދާޅުވީ ފަރުކޮޅުފުށީގައި މިހާރު 6 މީހުން ކަރަންޓީނުކޮށްފައިވާކަމަށެވެ. އޭގެތެރޭގައި 5 ފަތުރުވެރިންނާއި 1 ޑޮކްޓަރެއް ހިމެނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ