އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 06/03/2020

ދުންފަތުގެ އިސްތިއުމާލްކުރާ މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑު: އެޗްޕީއޭ

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކޮވިޑް-19 އިން ރައްކާތެރިކޮށްދޭނެ ކަމެއް ނޫންކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 06/03/2020

Smoking HPA Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުންފަތުގެ އިސްތިއުމާލްކުރާ މީހުންނަށް ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ.

ނޮވެލް ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ އިތުރުން ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނެވެ. އޭގެތެރޭގައި ކެންސަރާއި، ނިއުމޯނިއާ އަދި ހިތުގެ ބަލި ހުންނަ މީހުންނަށް ކޮރޯނާވައިރަސް ޖެހުން އަދި ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮވެއެވެ.

އެޗްޕީއޭއިން ބުނިގޮތުގައި ދުންފަތުގެ އިސްތިއުމާލްކުރުމަކީ އެކަމުގެ ސަބަބުން ހިތުގެ ބަލިތައް ފަދަ ސިއްހީ މައްސަލަތައް ހުންނަ މީހުންގެ ސިއްހީ ހާލަތު އިތުރަށް ގޯސްކުރުވާ އަމަލެކެވެ. އަދި މިފަދަ ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް ކޮރޯނާވައިރަސް ޖެހުމުގެ އަދި ބަލިން ކުރާ އަސަރު ބޮޑުވުމުގެ ފުރުސަތު އޮވެއެވެ. 

އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކޮވިޑް-19 އިން ރައްކާތެރިކޮށްދޭނެ ކަމެއް ނޫންކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ރާއްޖެގެ އާބާދީގެ ބޮޑު އިންސައްތައެއް ހިއްސާވަނީ ދުންފަތުގެ އިސްތިއުމާލްކުރާ މީހުންގެ ގޮތުގައެވެ. ދުންފަތުގެ އިސްތިއުމާލްކުރުމަކީ އެކަމުގެ ސަބަބުން ފުއްޕާމޭގެ ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުން، އަނގައިގެ ކެންސަރު، ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ. އަދި އެހެންމެ ދުންފަތުގެ އިސްތިއުމާލްކުރުމަކީ މީހާގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ އިތުރު ބަލިތައް ޖެހުމަށް މަގުފަހިކުރުވާ ކަމެކެވެ.

އަދި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އަހަރެއްގެ މައްޗަށް ދުނިޔެއިން 8 ބިލިޔަން މީހުން މަރުވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ