އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 03/03/2020

ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން މާލޭގައި ޓްރެވަލް ކްލިނިކެއް ޤާއިމްކުރަނީ

ޓްރެވަލް ކްލިނިކްގެ ބޭނުމަކީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ ފަރާތްތައް ކޮވިޑް-19އަށް އިތުރަށް ޓެސްޓްކުރުމެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 03/03/2020

HPA Coronavirus COVID-19 NDMA
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19)އިން ރައްކާތެރިވުމުގެ ގޮތުން މާލޭގައި ޓްރެވަލް ކްލިނިކެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

ހެލްތް މިނިސްޓްރީ އާއި އެޗްޕީއޭ އަދި ޑިޒާސްޓާރ މެނޭޖްމަންޓް ގުޅިގެން ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތައް ހާމަކޮށް މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

މި ނުސްބަޔާނުގައި ވާގޮތުން މާލޭގައި މިހާރު ޤާއިމްކުރަމުންދާ ޓްރެވަލް ކްލިނިކްގެ ބޭނުމަކީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ ފަރާތްތައް ކޮވިޑް-19އަށް އިތުރަށް ޓެސްޓްކުރުމެވެ. 

ކޮވިޑް-19އަށް ޓެސްޓްކުރުމުގެ އިތުރުން މިދުވަސްވަރު ފެތުރެމުންދާ އާއްމު ރޯގާތަކަށް ހާއްސަކުރެވިގެން އަވަސް ހިދުމަތްތަކާއެކު ފްލޫކްލިނިކެއް މި ހަފްތާ ތެރޭގައި ސެނެހިޔާގައި ވެސް ޤާއިމްކުރާނޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 ރާއްޖެއިންވެސް ފެނިދާނޭކަމުގެ ފުރުސަތު އޮތުމާއި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ސަރުކާރުން ވަނީ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓްރެއްވެސް ޤާއިމްކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ