އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 28/02/2020

އިނގިރޭސި ވިލާތުގެ ނަރުހުން ސާޖަރީތައް ކުރުމަށް ތަމްރީން ދެނީ

އިނގިރޭސި ވިލާތުގެ ނަރުހުން އަލަށް އަމަލުކުރަން ފަށާފައިވަނީ އެޤައުމުގެ ނެޝަނަލް ހެލްތް ސެންޓަރ (އެންއެޗްއެސް)ގެ އައު ޤަވާއިދަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 28/02/2020

Surgery Nurses England
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިނގިރޭސި ވިލާތުގައި މަސައްކަތްކުރާ ނަރުހުން ސާޖަރީތަކުގައި އަމަލުކުރާނޭ އައު ޤަވާއިދުތަކެއް އެކުލަވާލައިފި އެވެ.

އިނގިރޭސި ވިލާތުގެ ނަރުހުން އަލަށް އަމަލުކުރަން ފަށާފައިވަނީ އެޤައުމުގެ ނެޝަނަލް ހެލްތް ސެންޓަރ (އެންއެޗްއެސް)ގެ އައު ޤަވާއިދަށެވެ. އެގޮތުން ނަރުހުން "ސާރޖި ކެއާ ޕްރެކްޓިޝަނާސް" އަށް ވުމަށްޓަކައި ދެ އަހަރުގެ ކޯހެއް ފުރިހަމަކުރަން ޖެހެއެވެ. އަދި ޑެއިލީ މެއިލްގައި ވާގޮތުން ސާޖަރީތަށް ކުރުމަށް ކޮލިފައިވާ ނަރުހުންނަށް ހާނިއާ ނެގުމާއި، ސިސްޓު ނެގުމުގެ އިތުރުން ހަމުގެ ކެންސަރުގެ ސާޖަރީތައް ހެދޭނެ އެވެ.

މީގެއިތުރުން "ސާރޖި ކެއާ ޕްރެކްޓިޝަނާސް" ކޯސް ފުރިހަމަކުރާ ނަރުހުންނަށް ހިތުގެ ބައިޕާސް އާއި އުނަގަނޑު އަދި ކަކުލުހުޅުގެ ރިޕްލޭސްމަންޓް ސާރޖަރީސްތައް ހެދުމުގައި ޑޮކްޓަރުންނަށް އެހީވެވޭނެ އެވެ.

އެން.އެޗް.އެސް އިން އެކުލަވާލި އައު ޤަވާއިދުގެ މަޤްސަދަކީ ހޮސްޕިޓަލުގައި މީހުންތިބޭ ވަގުތު މަދުކުރުންކަމަށް ލިބް ޑެމް ހެލްތް ސްޕޯކްސްޕާރސަން މުނީރާ ވިލްސަން ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސި ވިލާތުގައި ހޮސްޕިޓަލަށް ދާ ކޮންމެ ހަ މީހެއްގެ ތެރެއިން އެކަކު މަދުވެގެން ހަތަރު ގަޑިއިރު ހޮސްޕިޓަލްގެ އެމަރޖެންސީ ޑިޕާޓްމެންޓުގައި ހޭދަކުރަންޖެހެ އެވެ. އަދި އޭގެތެރެއިން 83.6 އިންސައްތަ މީހުންނަކީ ހަތަރުގަޑިއިރުން ފަރުވާ ލިބި ނުވަތަ އެޑްމިޓް ކުރެވިފައިވާ މީހުންގެ ގޮތުގައި އިނގިރޭސި ވިލާތުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެ ޤައުމުގެ ހެލްތް ފައުންޑޭޝަނުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހެދި ދިރާސާއަކުން ދައްކާގޮތުގައި އިނގިރޭސި ވިލާތު ނެޝަނަލް ހެލްތް ސެންޓަރަށް މިހާރުވެސް 44،000 ނަރުހުން އިތުރަށް ބޭނުންވެއެވެ. އަދި ކުރިއަށް އޮތް އެއް ޤަރުނުގެ ތެރޭގައި އެ އަދަދު އެއް މިލިޔަނަށް އަރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ނަތީޖާއެއްގެ ގޮތުން ހޮސްޕިޓަލްތަކުން ދަނީ ނަރުހުންގެ ގޮތުގައި ދަށް ކޮލިފިކޭޝަންގެ މީހުން ނަގަމުންނެވެ.

ސާޖަރީގައި ބައިވެރިވާ ނަރުހުން ދެ އަހަރުގެ ކޯހެއް ހަދަންޖެހޭގޮތަށް ޤަވާއިދު ބަދަލުކުރުމާއެކު ނަރުހުންގެ އަދަދު އަދިވެސް ދަށްވާނޭކަމަށް ވަނީ ލަފާކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ