އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 10/12/2019

އޭޑީކޭ ހޮސްޕިޓަލުން ޑޮކްޓަރުންނަށް ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

އޭޑީކޭ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިފަހަރު ހުޅުވާލައިފާ ވަނީ 5 ސްކޮލަޝިޕް ޖާގަ ކަމަށެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 10/12/2019

ADK Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އޭޑީކޭ ހޮސްޕިޓަލްގެ ސްކޮލަޝިޕް ސްކީމް 2019 ގެ ދަށުން ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށާއި ސުޕަރ ސްޕެޝަލައިޒް ވުމަށް ސްކޮލަޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިފަހަރު ހުޅުވާލައިފާ ވަނީ 5 ސްކޮލަޝިޕް ޖާގަ ކަމަށެވެ. އެއީ ސްޕެޝަލައިޒް ވުމަށް 3 ޖާގަ އަދި ސުޕަރ ސްޕެޝަލައިޒް ވުމަށް 2 ޖާގަ އެވެ.

ސްކޮލަޝިޕްގެ ދަށުން ކިޔެވޭނެ ދާއިރާތަކަކީ:

  • ސްޕެޝަލައިޒް ވުމަށް
    • އިންޓަރނަލް މެޑިސިން
    • އެމަރޖެންސީ މެޑިސިން
    • އެނަސްތެސިޔަލޮޖީ
  • ސުޕަރ ސްޕެޝަލައިޒް ވުމަށް
    • ގެސްޓްރޯއެންޓެރޮލޮޖީ
    • ރިއުމަޓޮލޮޖީ

މިއަހަރުގެ އޮކްޓޯބަރު މަހު އޭޑީކޭ ހޮސްޕިޓަލުގެ ސްކޮލަޝިޕް ޕްރޮގްރާމް އިން ސްޕެޝަލައިޒްވި ފުރަތަމަ ޑޮކްޓަރުންނަށް ވަނީ އެ ހޮސްޕިޓަލުން މަރުހަބާ ކިޔާފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ސްކޮލަޝިޕަށް ޑޮކްޓަރުން ހޮވޭނީ ގާބިލިއްޔަތުކަމާއި ތަޖުރިބާއަށް ބަލާފައެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން 10 ޖަނަވަރީ 2020 ގެ ކުރިން ފޯމު ހުށަހެޅުމަށްވެސް މިހޮސްޕިޓަލުން ވަނީ އެދިފައެވެ.

އޭޑީކޭ އިން ބުނެފައިވާ ގޮތުގައި މި ޕްރޮގްރާމަކީ ދިވެހީން ސިއްޙީ ދާއިރާއިން އިތުރަށް ތަމްރީނުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށެވެ. އަދި މީގެ ސަބަބުން މުސްތަޤްބަލުގައި އެހެން ޑޮކްޓަރުންނަށްވެސް ސްޕެޝަލައިޒް ވާން ދޮރުތައް ހުޅުވިގެންދާނެ ވާހަކަ ފާހަގަކުރިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ