އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/11/2019

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަކުރު ބަލީގެ ދުވަސް ފާހަގަކޮށްފި

2018 ވަނަ އަހަރާއި މިއަހަރު ހަކުރުބަލީގެ ދުވަހުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އާއިލާ އަދި ހަކުރު ބަލި" މި ތީމެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/11/2019

World Diabetes Day 2019
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ ހަކުރުބަލީގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފާހަގަކޮށްފި އެވެ.

ބައިނަލްއަޤްވާމީ ހަކުރު ބަލީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 14 ވަނަ ދުވަހުގައެވެ. މި ދުވަސް ރާއްޖޭގެ ސިއްހީ އެކި މުއައްސަސާތަކުން މިއަދު ވަނީ ކުލަގަދަގޮތެއްގައި ފާހަގަކޮށްފައެވެ. އެގޮތުން އައިޖީއެމްއެޗުން ހަކުރުބަލީގެ ދުވަހާއި ގުޅުވައިގެން ހަކުރު ބައްޔަށް ސްކްރީން ކުރުމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަން ތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އައިޖީއެމްއެޗްއިން މާލެ ނޯތު ހާބަރުގައި ބޭއްވި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް

އަދި އޭޑީކޭ ހޮސްޕިޓަލުންވެސް ވަނީ މި ދުވަހާއި ގުޅުވައިގެން ހަކުރުބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް ފައްޓާފައެވެ. އޭޑީކޭގައި ހަކުރު ބައްޔަށް ސްކްރީންކުރުން އެ ހޮސްޕިޓަލްގެ ގާރޑެން އޭރިއާގައި މިއަދު ހެނދުނު 10:00 ފެށިގެން ހަވީރު 16:00 އަށް ކުރިއަށް ދާނޭކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ސްކްރީނިންގް ސެޝަން

މާލޭގެއިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށެއްގައިވެސް މިއަދު ވަނީ ހަކުރު ބަލީގެ ދުވަސް ފާހަގަކޮށްފަ އެވެ. އެގޮތުން އއ. މަތިވެރީގެ ސިއްހީ މަރުކަޒުން އިސްނަގައިގެން މިއަދު ހެނދުނު 10:00 ފެށިގެން މެންދުރު 14:00އަށް ހަކުރު ބައްޔަށް ސްކްރީން ކުރަމުންދާނެކަމަށް އަރަށު ސިއްހީމަރުކަޒުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ބުނެފަ އެވެ.

އއ. މަތިވެރި ސިއްހީ މަރުކަޒުގައި ސްކްރީން ކުރުން

ހަކުރުބަލީގެ ދުވަހާއި ގުޅުވައިގެން ދ. ބަނޑިދޫގައި މިއަދު ހެނދުނު ވަނީ ޑައިބީޓިކް ރަންގެ ނަމުގައި ހާއްސަ ދުވުމުގެ ހަރަކާތަކާއި ދޮރުން ދޮރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. 

ދ. ބަނޑިދޫގައި ބޭއްވި "ޑައެބީޓީޒް ރަން"

އަދި ހދ. ހުޅުދުއްފާރުގައި މި ދުވަހަށް ވަމުންގެންދާ ތައްޔާރީތަކުގެ ތެރެއިން ޑައިބީޓިސް ޕޭޝަންޓުންނާއި، ސިވިލް ސާވިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާކަމަށް އެރަށު ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ.

ހދ. ހުޅުދުއްފާރުގައި ބޭއްވި ކަސްރަތު ޕްރޮގްރާމް

 މީގެއިތުރުންވެސް ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅުވައިގެން ރާއްޖޭގެ ގިނަ ރަށްތަކެއްގައިވަނީ އާއްމުން ހޭލުންތެރިކުރުވުމާއި އަދި ކަސްރަތުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާފަ އެވެ.

ރ. ދުވާފަރު
މާލެ ސިއްހީ މަރުކަޒު
ހއ. ދިއްދޫ
ފުވައްމުލައް

2018 ވަނަ އަހަރާއި މިއަހަރު ހަކުރުބަލީގެ ދުވަހުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އާއިލާ އަދި ހަކުރު ބަލި" މި ތީމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ