ހުޅުމާލޭ ހޮސްޕިޓަލްގެ ނަރުހުންނަށް އަމާޒުކޮށް އައިޖީއެމްއެޗުން ޓްރެއިނިން ސެޝަންތަކެއް ކުރިއަށް ގެންގޮސްފި
އައިޖީއެމް ހޮސްޕިޓަލުގެ އިސްނެގުމުގެ މަތިން ހުޅުމާލޭ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތްކުރާ ނަރުހުންނަށް އަމާޒުކޮށްގެން ޓްރެއިނިންގް ސެޝަންތަކެއް ފަށައިފި އެވެ.
އައިޖީއެމްއެޗްގެ ޑިޕާޓްމެންޓު އޮފް އޯރތޮޕީޑިކްސް އެންޑް ޓްރައުމާ ސާރޖަރީގެ އިތުރުން ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރާއި ގުޅިގެން ފެށި މި ޓްރެއިނިން ސެޝަންތަކުގެ އަމާޒަކީ ހުޅުމާލޭ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގެ ހިދުމަތް އިތުރަށް ރަނގަޅުކުރުން ކަމަސް އައިޖީއެމްޗުން ވަނީ ބުނެފަ އެވެ.
އައިޖީއެމްއެޗުން ބުނެފައިވާގޮތުގައި މި ޓްރެއިނިން ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެ ހޮސްޕިޓަލްގެ ޑިޕާޓްމަންޓް އޮފް އޯރތޮޕީޑިކްސް އެންޑް ޓްރައުމާ ސާރޖަރީގެ އިތުރުން ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި މިހާރު މަސައްކަތްކުރަމުންދާ އެންމެ ހުނަރުވެރި ޑޮކްޓަރުންނެވެ. މީގެއިތުރުން މިހާރުވެސް އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރުން ހުޅުމާލޭ ހޮސްޕިޓަލްގެ ދެ ނަރުހުން ޓްރެއިނިން ހޯދަމުން ދާކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
ހަމައެހެންމެ މާދަމާއިން މިއަދުން ޑިޕާޓްމަންޓް އޮފް އޯރތޮޕީޑިކްސް އެންޑް ޓްރައުމާ ސާރޖަރީގެ ފަރާތުން ހުޅުމާލޭ ހޮސްޕިޓަލުގައި އޯތޮޕީޑިކްސް އައުޓްޕޭޝަންޓްގެ ހިދުމަތާއި އޯރތޮ ސާޖަރީގެ ހިދުމަތް ފަށާނެކަމަށް ވެސް އައިޖީއެމް އެޗުން ވަނީ ބުނެފައެވެ.
އައިޖީއެމްއެޗުން ކުރިއަށް ގެންދާ މި ޓްރެއިނިން ސެޝަންތަކުގެ މައިގަނޑު މަގްސަދަކީ ކައިރި މުސްތަގްބަލެއްގައި ހުޅުމާލޭ ހޮސްޕިޓަލްގައި ޓްރައުމާ އަދި އޯރތޮޕީޑިކްސް އަށް ހާއްސަ ޤައުމީ އިންސްޓިޓިއުޓް އެއް ޤާއިމްކުރުން ކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)