އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/11/2019

މަދިރި ނައްތާލުމަށްޓަކައި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ދުވާފަރުގައި ފަށައިފި

މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ކޮންމެ ހޮނިހިރު ދުވަހެއްގަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/11/2019

Dhuvaafaru Health Center Mosquito Control
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މަދިރި އާލާވާފަދަ ތަންތަން ނައްތާލާ، މަދިރި ކޮންޓްރޯލް ކުރުމަށް ރ. ދުވާފަރުގެ ސިއްހީމަރުކަޒާއި އަދި އެހެނިހެން މުއައްސަސާތައް ގުޅިގެން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

ދެ މަސް ދުވަހަށް ދެމިގެންދާގޮތަށް ފެށި މި ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ދުވާފަރުގެ ހެލްތް ސެންޓަރާއި މިހާރު ހަވާލުވެ ހުންނެވި އާމިރު އަހުމަދު ޑޮކްޓަރ.އެމްވީ އަށް ވިދާޅުވީ ރަށުތެރެ ސާފުކުރުމުގެ އަމަލީ މަސައްކަތް ފަށާނީ އަންނަ ހޮނިހިރު ދުވަހުގައި ކަމަށެވެ. އަދި ފާއިތުވި ތިން ދުވަހާއި މިއަދު ކުރަމުން ގެންދާ މަސައްކަތަކީ ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން ރަށުގެ ގޭގެއަށް ގޮސް މިކަމާ ގުޅޭ ސާވޭތައްކުރުން ކަމަށްވެސް އާމިރު ވަނީ ވިދާޅުވެފަ އެވެ.

މިހާރު ކުރަމުންގެންދާ ސާރވޭގައި މަދިރިއާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމާއި، މި ޕްރޮގްރާމަށް އާއްމުންގެ ފަރާތުން އެއްބާރުލުން ހޯދުމާއި އަދި މަދިރި އާލާވާ ތަންތަނާއި ގުޅޭގޮތުން އާއްމުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށް އާމިރުވަނީ ވިދާޅުވެފަ އެވެ.

މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ކޮންމެ ހޮނިހިރު ދުވަހެއްގަ އެވެ. އަދި މި ޕްރޮގްރާމްގައި ރަށުގެ ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިތުރުން، ދިވެހިން އަދި ބިދޭސީންވެސް ތަފާތުކުރުމެއްނެތި، މުޅި ރަށުގެ ރައްޔިތުންވެސް ބައިވެރިވާނޭކަމަށް އާމިރު ވަނީ ވިދާޅުވެފަ އެވެ.

މިފަދަ ޕްރޮގްރާމެއް ހިންގާއިރު އެކި މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން އާމިރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ޙާއްސަކޮށް ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރާނޭ ކަމުގެ ޔަގީންކަން އެމްޑަބްލިއުއެސްސީއިން ދީފައިވާކަންވެސް އާމިރު ވަނީ ފާހަގަކުރައްވާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ