އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 18/10/2019

ވައިގެ ނުސާފުކަން ހުއްޓުވުމަށް މަޖުބޫރު ސަބަބެއް: އިސްތަށި ފޭބުން

"ގަބޫލުކުރެވޭގޮތުގައި ވަކި ވަރަކަށް ނުސާފު ވަޔަށް އިސްތަށިގަނޑު ތައާރަފް ވެއްޖެނަމަ ތަލަވުން އެކަށީގެންވެއެވެ."
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 18/10/2019

Air Pollution Hair loss
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 85 އިންސައްތަ ފިރިހެނުންނަކީ އުމުރުން 50 އަހަރުގެ ފަހުން ގިނަ އަދަދަކަށް އިސްތަށި ފައިބާފައިވާ މީހުންނެވެ.

އަންހެނުންގެވެސް މިފަދައިން އިސްތަށި ފައިބައެވެ. މި ބައްޔައް ކިޔަނީ އެންޑްރޮޖެނެޓިކް އެލޮޕީސިއާ އެވެ. އަދި އެމެރިކާގެ 30 މިލިއަން އަންހެނުންނާއި 50 މިލިއަން ފިރިހެނުންގެ މިބަލި ހުންނަ ކަމަށްވެސްވެއެވެ.

ނުސާފު ވައިގެ ސަބަބުން އިސްތަށި ފޭބުމަށް މަގުފަހި ވޭތޯ އާދިރާސާއެއް ވަނީ ހަދާފައެވެ. މިދިރާސާގައި ސައިންސްވެރިން ވަނީ ނުސާފު ވަޔަށް އިސްތަށިގަނޑު ތައާރަފް ކުރުމުން ގެއްލުން ލިބޭގޮތް ކިޔައިދީފައެވެ.

ރިޕަބްލިކް އޮފް ކޮރިޔާގެ ފިއުޗާރ ރިސާރޗް ސެންޓަރގެ ހްޔުކް ޗުލް ކްވޮން އަކީ މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެވެ. އޭނާވަނީ މި ދިރާސާ 28 ވަނަ ޔޫރަޕިއަން އެކެޑެމީ އޮފް ޑާރމަޓޮލޮޖީ އެނޑް ވެނެރެލޮޖީ ކޮންގްރެސްގައި ހުށަހަޅާފައެވެ.

މި އާ ދިރާސާގައި ކްވޮން އާއި އޭނާގެ ޓީމުން ވަނީ ހިއުމަން ފޮލިކަލް ޑޭރމަލް ޕަޕިލާ ސެލްތަކެއް ޕީ.އެމް.10 ބާވަތުގެ ކުނޑި އަދި ޑީސެލް އަށް ތައާރަފް ކޮށްފައެވެ. އެމެރިކާގެ އެންވައިރަންމެންޓަލް ޕޮރޮޓެކްޝަން އޭޖެންސީއިން ޕީ.އެމް.10 އަކީ ނޭވާގެ ނިޒާމުން ހަށިގަނޑަށް އެތެރެވެވޭނޭ ޕާރޓިކަލް އެއް ކަމަށް ކަނޑައަޅާފައެވެ. މިޕާރޓިކަލްގެ ސައިޒް 10 މައިކްރޯމީޓަރަށް ވުރެ ކުޑައެވެ.

މި ހޯދުންތަކުން އެނގޭގޮތުގައި ޕީ.އެމް.10 އަދި ޑީސެލް ޕާރޓިކަލް ގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ ޕްރޮޓީން މަދުވެގެންދެއެވެ. އެގޮތުން ހާއްސަކޮށް ބީޓާ-ކެރެޓިން ޕްރޯޓީން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ރެޓެންޝަން، ސިލިން ޑީ1، ސިލިން އީ އަދި ސީޑިކޭ 2 އަށްވެސް ވަނީ މި ޕާރޓިކަލްތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. މިއީ ހުސް އިސްތަށިގަނޑަށް ބޭނުންވާ ޕްރޮޓީން އެވެ. ގިނައަދަދެއްގެ ނުސާފު ވަޔަށް ސެލްތައް ތައާރަފް ކުރުމުން ބޮޑު ބަދަލުތަކެއް ފާހަގަވީކަމަށްވެސް ވެއެވެ.

"ގަބޫލުކުރެވޭގޮތުގައި ވަކި ވަރަކަށް ނުސާފު ވަޔަށް އިސްތަށިގަނޑު ތައާރަފް ވެއްޖެނަމަ ތަލަވުން އެކަށީގެންވެއެވެ. ނަމަވެސް މިއީ އަދި ދިރާސާކުރަންޖެހޭ ކަމެކެވެ" ކްވޮން ވިދާޅުވިއެވެ.

ޗައިނާގައި (ދުނިޔޭގައި އެންމެ ނުސާފުވައި ގިނަ އެއް ގައުމް) ވަރަށް ފަހުން ކުރެވެނު ދިރާސާއެއްގައި އިނގުނުގޮތުން މިހާރު 20 އަހަރު ވާ ފިރުހެނުން ގެ ބޮލުން ކުރީ ދައުރުތަކަށްވުރެ އަވަހަށް އިސްތަށި ފައިބާކަމަށް ވެއެވެ.

ތަލަ ވުމަކީ އާންމުގޮތެއްގައި މުސްކުޅިވުމާއެކު އަންނަކަމެއް ކަމުގައި ވީނަމަވެސް ގިނަ އަދަދެއްގެ ކުދިން އެމެރިކާގައި އިސްތަށި ފައިބާކަމަށް ދަނީ ރިޕޯޓް ކުރަމުންނެވެ. 

ދެކެވޭގޮތުގައި 3 ބައިކުޅަ 2 ބައި މީހުންނަށް މީގެ އަސަރު ކުރާނެއެވެ.

 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ