އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 04/10/2019

އަލްޒެއިމަރސް ސޮސައިޓީ އޮފް މޯލްޑިވްސް އިފްތިތާޙް ކޮށްފި

އިފްތިތާޙް ކުރުމުގެ ޖަލްސާ އޮތީ އިއްޔެ ރޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. އަދި މިޖަލްސާގައި މިޖަމިއްޔާގެ މަޤްސަދުދައް ކިޔައިދިނެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 04/10/2019

Alzheimer's disease Alzheimer's Society of Maldives
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަލްޒެއިމަރސް ސޮސައިޓީ އޮފް މޯލްޑިވްސް (އޭ.އެސް.އެމް) އިފްތިތާޙް ކުރުމުގެ ޖަލްސާ އޮތީ އިއްޔެ ރޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.

އޭ.އެސް.އެމް އަކީ މުޙައްމަދު އަބޫބަކުރު (މަޝްހޫރު ނަމުން ނަމަ "ބާޑީ ޅަތުއްތު")ގެ އާއިލާ އަދި އެހީތެރިން ފެށި މަސައްކަތެކެވެ. މުޙައްމަދު އަބޫބަކުރަކީ އަލްޒެއިމަރސް ބަލި ނުވަތަ ހަނދާން ނެތުމުގެ ބަލި ޖެހިފައިވާ މީހެކެވެ. މީގެ ކުރިން މިބޭފުޅާ ވަނީ މޯލްޑިވްސް ނެޝަނަލް ސެކިއުރިޓީ ސަރވިސަސްއަށް އެތަކެއް އަހަރެއް ޚިދުމަތް ކޮށްދީފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ޑރ. ޝާހް އަބްދުﷲ މާހިރު ވިދާޅުވީ "އަލްޒެއިމަރސް ބަލި އަދި ޑިމެންޝިއާ އަކީ ބަލިމީހާއަށާއި އާއިލާއަށް ތަޙައްމަލް ކުރަން އުނދަގޫ ބަލިތަކެކެވެ. އަޅުގަނޑުމެން މިބަލިތައް ދެނެގަނެ ފަރުވާ ދިނުމަށް އިތުރަށް މަސައްކަތްކުރަން ޖެހެއެވެ. އާއިލާތަކާއި އެހީތެރިންނަށް އެއްބާރުލުން ދޭން ޖެހެއެވެ. ގާނޫނުތައް ހަދާ އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ސަރުކާރުން ދާނީ މިނިވަން މުއައްސަސާތަކާއި އެކީ މަސައްކަތް ކުރަމުންނެވެ. އަދި ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި މިމުއައްސަސާތަކަށް އަޅުގަނޑުމެން އެހީތެރިވެ ދޭނަމެވެ."

އޭ.އެސް.އެމް ގެ މަޤްސަދަކީ އަލްޒެއިމަރސް ބައްޔާއި ގުޅުންހުރި ޖިސްމާނީ އަދި ނަފްސާނީ ބަލިތަކާއި މެދު މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކޮށް، އާއިލާތަކާއި ބަލިމީހުންނަށް އެއްބާރުލުންދީ، ސަރުކާރުގެ ސަމާލުކަމަށް މިބަލީގެ މުހިންމުކަން ގެނެސްދީ، ދިރާސާކޮށްގެން މިބަލި ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް ފަސޭހަތަކެއް ހޯދައިދިނުމެވެ.

މީގެއިތުރުން، އޭ.އެސް.އެމް އިން އަންނަނީ މީޑިއާގެ ޒަރިއްޔާއިންނާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހޭލުންތެރިކަން ދިނުމުގެ ޕްރޮގްރާމްތަކާއި، ލެކްޗަރ ގެ ތެރެއިން އަލްޒެއިމަރސް ބަލި ޖެހިފައިވާ ފަރާތްތަކަށް ލުއެއް ހޯދައިދުނުމަށް ރާވަމުންނެވެ. އަދި ބަލިމީހުންނާއި ގުޅުވައިގެން ޚާއްސަ ހަރަކާތްތަކެއް ހިންގާ ބަލިމީހުންގެ އެހީތެރިންނަށް ތަމްރީނުދިނުގެ މަޝްރޫއުތަކެއް ހިންގުމަށް އޭ.އެސް.އެމް އިން ރާވައިފައިވެއެވެ.

އޭ.އެސް.އެމް އިން ބައިނަލްއަގްވާމީ ކޮންފެރެންސްތަކުގައި ބައިވެރިވެ ދިވެހރާއްޖެއަށް އިތުރު ކުރިއެރުންތަކެއް ހޯދައިދޭނެ ވާހަކަވެސް އެޖަމިއްޔާއިން އިއުލާނު ކުރިއެވެ. އަދި ރާއްޖޭގައި މިބަލި ޖެހިފައިވާ މީހުން ބަލަހައްޓާނެ ތަނެއް ޤާއިމުކޮށް މައުލޫމާތު ދޭ ސެންޓަރެއް ޤާއިމު ކުރުމަކީވެސް މިޖަމިއްޔާގެ މަޤްސަދެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ