އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 28/09/2019

20 އަށް ވުރެ ވިނަ ގައުމުތަކުން އީ-ސިގެރޭޓުގެ ވިޔަފާރި މަނާކޮށްފި! ދިވެހިރާއްޖޭގައި މަނާ ނުކުރެވެނީ ކީއްވެ؟

އޮސްޓްރޭލިއާ، ސިންގަޕޯ، އިންޑިއާ، ޗައިނާ، ތައިލޭންޑު، ބްރެޒިލް ފަދަ ގައުމުތަކުން އީ-ސެގެރޭޓުގެ ވިޔަފާރިއާއި ދެކޮޅަށް ބޮޑެތި ފިޔަވަޅު ތަކެއް އަޅައިފިއެވެ. ގިނަ އަދަދެއްގެ ކުޑަކުދިން މިވަބައިގައި ޖެހެމުންދާ ދިއުން ހުއްޓުވުމަށްޓަކައި އަޅުގަނޑުމެން ފިޔަވަޅު އެޅުން މުހިންމެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 28/09/2019

Vaping E-Cigarettes Respiratory Illnesses
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މެކްސިކޯ، އިންޑިއާ އަދި ޗައިނާ ފަދަ ބޮޑެތި ގައުމުތަކުން އީ-ސިގެރޭޓުގެ ވިޔަފާރި އަދި ބޭނުންކުރުން މަނާ ކޮށްފިއެވެ.

މި މަސައްކަތް ފެށުނީ އެމެރިކާއިން އީ-ސެގެރޭޓުތަކުގައި ބޭނުން ކުރެވޭ ފްލޭވަރތައް ވިއްކުމާއި ބޭނުން ކުރުން ހުއްޓުވާލުމަށް ފިޔަވަޅުތަކެއް އެޅުމުންނެވެ. އެގައުމުގައި އެތަކެއް ކުޑަކުދިންނާއި ޒުވާނުން ދަނީ ވޭޕް ކުރުމަށް ދެވި ހިފަމުންނެވެ.

އެގޮތުން އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ) އިން ބުނާ ގޮތުގައި 3.6 މިލިއަން ކުދިން އެމެރިކާގައި އީ-ސިގެރޭޓު ބޭނުން ކުރެއެވެ. އަދި ވޭޕް ކުރުމުގެ ސަބަބުން ޖެހުނު ބަލިތަކުގެ ސަބަބުން މިހާތަނަށް 13 މީހަކު މަރުވެ 805 މީހުންނަށް ފަރުވާ ކުރެވިފައިވާ ވެއެވެ.

ވޭޮޕް ކުުރުމުގެ ސަބަބުން ދިމާވި ފުރަތަމަ މަރު ހިނގައިފައިވަނީ މި މަހުގެ ކުރީ ކޮޅެވެ.

އެމެރިކާއިން މި ފިޔަވަޅު އެޅިތާ މަދު ދުވަސްކޮޅެއް ތެރޭގައި އިންޑިއާ އިން ވެސް ވަނީ ވޭޕް ކުރަން ބޭނުންކުރެވޭ އެއްވެސް އެއްޗެއްގެ ވިޔަފާރި ކުރުން މަނާކޮށްފައެވެ. މިޤަވާއިދާއި ޚިލާފުވާ ފަރާތްތަކަށް 3 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލު ހުކުމް ކުރެވޭނެއެވެ.

އިންޑިއާގެ ހެލްތު ސެކްރެޓަރީ، ޕްރީތީ ސޫދާން ވިދާޅުވި ގޮތުގައި، މިފަދަ ތަކެއްޗަކީ ޝައްކެއްނެތް ގޮތުގައި ގެއްލުން ދޭ ތަކެއްޗެވެ. ދެވިހިފާނެ އެއްޗެކެވެ. އަދި ދެން އަންނަން އޮތް ޖީލަށް މީގެން އަސަރު ކުރުމުގެ ކުރިން ކޮންޓްރޯލް ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ޕްރީތީ ވިދާޅުވިއެވެ.

ނަމަވެސް ޔޫރޮޕިޔަން ޔޫނިއަން އިން ދެކޭ ގޮތުގައި ވޭޕް ކުރުމަކީ އާންމު ސިގެރޭޓު ބުއިމަށް ވުރެ ރައްކާތެރި އެއްޗެކެވެ. މިހެން ބުނެފައިވީ ކަމުގައި ވިއަސް، ޔޫރޮޕިއަން ޔޫނިއަން އިން ވަނީ އީ-ސެގެރޭޓު ކުޑަކުދިންނަށް އިސްތިހާރު ކުރުމާއި ދެކޮޅަށް ގާނުނުތަކެއް ފާސްކޮށްފައެވެ.

ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި އީ-ސިގެރޭޓަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް މަގުފަހި ކޮށްދޭ އެއްޗެކެވެ. މިހެން މިވަނީ އީ-ސެގެރޭޓުގައި ވެސް ނިކޮޓިންގެ ބާވަތް ހުންނާތީވެއެވެ. އަދި އޭގެ ސަބަބުން ބޭނުން ކުރާ މީހާ ދެވި ހިފާތީވެއެވެ. 1،500 އަށްވުރެ ގިނަ ފްލޭވަރ ގަނެވެން ހުރެއެވެ. މީގެ ތެރޭގައި އެކި ވައްތަރުގެ މޭވާގެ ރަހަ ދޭ ފްލޭވަރތަކާއި ބަބުލްގަމް ރަހަ ދޭ ފްލޭވަރވެސް ލިބެން ހުރެއެވެ. މީގެ ނަތީޖާއަކަށް ވަނީ ސިގެރޭޓެއްގައި ދުވަހަކު އަތްނުލާ ކުއްޖާވެސް އޭގެ ރަހަ މީރުކަމުން ބޯން ފެށުމެވެ. އަދި ދެވި ހިފުމެވެ. އީ-ސިގެރޭޓުގެ މަގްސަދު ގެއްލުމެވެ.

މިވަގުތު ދެވެހިރާއްޖޭގައި ކުޑަކުދިންނާއި ޒުވާނުން މަގުމަތީގައި ވޭޕް ކުރަން ހުރުމަކީ އާންމު މަންޒަރެކެވެ. އޮންލައިން އަދި ރީޓެއިލްކޮށް އީ-ސެގެރޭޓާއި އޭގެ ބައިތައް ފަސޭހައިން ގަނެވެން ހުރެއެވެ.

މިހާ ގިނަ ގައުމުތަކަކުން ވޭޕް ކުރުމާއި އިދިކޮޅަށް ގާނޫނުތައް ހަދަމުން ދާ ހިނދު، އަޅުގަނޑުމެންވެސް މިކަމުގައި ބައިވެރިވެ އެކަކު އަނެކަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަކީ މުހިންމުކަމަކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ