އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 27/09/2019

ސައިރިކްސް ކޮލެޖް އިން ސައިކޮލޮޖީ ޑިގްރީ ތައާރަފް ކޮށްފި

މިއީ ސައިރިކްސް ކޮލެޖުން މިފަދަ ކޯހެއް ލޯންޗު ކުރި ފުރަތަމަ ފަހަރެވެ.
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 27/09/2019

Cyryx College Psychology
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ޕްރައިވެޓް ކޮލެޖް އަދި އެންމެ ގިނަ އެމް.ކިއު.އޭ ސާރޓިފައިޑް ކޯސްތައް ހުންނަ ސައިރިކްސް ކޮލެޖް އިން މުޅިން އާ ސައިކޮލޮޖީ ޑިގްރީއެއް ވަނީ ތައާރަފް ކޮށްފައެވެ.

މި ކޯހުގައި އިސްކަން ލިބޭނީ އެންމެ ފުރަތަމަ ހުށަހަޅާ ދަރިވަރުންނަށް ކަމަށް އިއްޔެ ބޭއްވުނު ކޯސް ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި ކޮލެޖުން ވަނީ އަންގާފައެވެ. މިހާރުވެސް ކުދިން ހުށަހަޅަމުން ދާކަމާއި 20 ފުރުސަތާއިއެކު މިއަންނަ މަހުގައި ކޯސްފޭށޭނެ ވާހަކަވެސް ވަނީބުނެފައެވެ.

މި ކޯހުގެ ފުރަތަމަ އަހަރު ފުރިހަމަ ކުރުމަށް ފަހު ވަކިވާނަމަ ޑިޕްލޮމާ ސެޓްފިކެޓް އެއް އަދި ދެވަނަ އަހަރު ފުރިހަމަ ކުރުމަށްފަހު ވަކިވާނަމަ އެސޯސިއޭޓް ޑިގްރީ އެއް ލިބޭނެކަމަށް ވެސް ކޮލެޖުން ވަނީ މައުލޫމާތުދީފައެވެ.

ކޯސް ތައާރަފްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ށީ) ގެ ސީ.އީ.އޯ އަދި ކުރީގެ އެޑިއުކޭޝަން ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީއު ވިދާޅުވީ މިފަދަ ޑިގްރީއެއް ރާއްޖޭގެ ސިއްހީ މައިދާނަށް ވަރަށް މުހިންމުކަމުގައި ފާހަގަކޮށްފައެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ދިވެހިން ވާންވީ ބަލިވުމުން ބައްޔަށް ފަރުވާ ހޯދުމުގެ ބަދަލުގައި ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތްކުރާ ބަޔަކަށް ކަމަށެވެ.

އެ ކޮލެޖުގެ ރެކްޓާ ޑރ. ފަވާޒު ޝަރީފް ވިދާޅުވީ އަލަށް ތައާރަފްކުރި ޕްރޮގްރާމަކީ ނަފްސާނީ ދުޅަހެޔޮކަން ފުޅާކުރުމުގެ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ. އަންނަ އަހަރުގެ ތެރޭގައި ސައިކޮލޮޖީން މާސްޓާސް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

ސައިކޮލޮޖީގެ ދާއިރާއިން ޑިގްރީ އަށް ހުޅުވާލި އިރު، އެ ކޮލެޖުން އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ސައިކޮލޮޖީން ޑިޕްލޮމާ އަށް ކިޔަވައިދެމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ