އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 10/01/2021

ރާއްޖޭގައި ފުރަތަަމަ ފަހަރަށް ލެޕްރޮސްކޮޕިކް މަޔޮމެކްޓޮމީ އޮޕަރޭޝަނެއް ކޮށްފި

މިއޮޕަރޭޝަނަކީ އާއްމުކޮށް ކުރާ އޮޕަރޭޝަންތަކާއި ހިލާފަށް ބަލި މީހާ އަށް މާ ބޮޑު ތަދެއް ތަހައްމަލު ކުރަން ނުޖެހި އަވަހަށް ފަސޭހަވެ އާއްމު ދިރިއުޅުމަށް އިއާދަ ވެވޭ ފަދަ އޮޕަރޭޝަނެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 10/01/2021

Lapropscopic Myomectomy Treetop Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި ފުރަތަަމަ ފަހަރަށް ލެޕްރޮސްކޮޕިކް މަޔޮމެކްޓޮމީ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފި އެވެ.

ބަނޑުގެ ހަތަރު ތަނަކުން ލޯވަޅު ތޮރުފައިގެން އެތެރެހައްޓަށް ޓެލެސްކޯޕް ލައްވާ ކެމެރާ ބޭނުން ކޮށްގެން ކުރި މި އޮޕަރޭޝަން ކޮށްފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ.

ލެޕްރޮސްކޮޕިކް މަޔޮމެކްޓޮމީ އޮޕަރޭޝަނަކީ އާއްމުކޮށް ކުރާ އޮޕަރޭޝަންތަކާއި ހިލާފަށް ބަލި މީހާ އަށް މާ ބޮޑު ތަދެއް ތަހައްމަލު ކުރަން ނުޖެހި އަވަހަށް ފަސޭހަވެ އާއްމު ދިރިއުޅުމަށް އިއާދަ ވެވޭ ފަދަ އޮޕަރޭޝަނެކެވެ.

ޓްރީޓޮޕްގައި މި އޮޕަރޭޝަން  ކުރުމުގައި ހަރަކާތްތެރިވެފައި ވަނީ ޑރ. ވަރުޝާ ރެންގަރަޖާއި، ޑރ. މަހްމޫދު އަބޫބަކުރާއި ޑރ. ޕްރިތީ ސޮލޮމަންގެ އިތުރުން ހޭ ނައްތާ ޑޮކްޓަރުންނާއި އޮޕްރޭޝަން ތިއޭޓަރުގެ ނަރުހުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ