އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 02/01/2021

އިންޑިއާ ސަރުކާރުން ރާއްޖެއަށް ބީސީޖީ ވެކްސިން ފޮނުވައިފި

ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީސީޖީ ވެކްސިންގެ 10 ޑޯޒް ހިމެނޭ 2400 ވައިލްސް އިންޑިއާއިން ފޯރުކޮށްދީފައިވޭ - އިންޑިއާ އެމްބަސީ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 02/01/2021

BCG Vaccine
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާ ސަރުކާރުން ރާއްޖެއަށް ބީސީޖީ ވެކްސިން ފޮނުވައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީސީޖީ ވެކްސިންގެ 10 ޑޯޒް ހިމެނޭ 2400 ވައިލްސް އިންޑިއާއިން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ވެކްސިންގެ ޝިޕްމަންޓް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

މިއީ ރާއްޖޭގެ ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމްއަށް ދިމާވެފައިވާ ބީސީޖީ ވެކްސިންގެ ދަތިކަން ފޫބެއްދުމަށް އިންޑިއާއިން ފޮނުވި ވެކްސިނެވެ. ބީސީޖީ ވެކްސިންއަކީ ޓީބީ ބަލިން ދިފާއުވުމަށްޓަކައި ތުއްތުކުދިންނަށް ދޭ ވެކްސިނެކެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން އަދި މުމްބާއިގައި ހުންނަ ރާއްޖޭގެ އޮނޮރަރީ ކޮންސުލްއާ ގުޅިގެން ވެކްސިންގެ މި ޝިޕްމެންޓް ހޯދައި، ރާއްޖެއަށް ޑިސްޕެޗް ކުރުން ކޯޑިނޭޓް ކޮށްފައިވަނީ އިންޑިއާގެ ހެލްތު މިނިސްޓްރީ އަދި މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ފަރާތުން ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ވެކްސިން ރާއްޖެއިން ހޯދީ ރާއްޖޭގައި ވެކްސިން ސްޓޮކް އެކަށީގެންވާ މިންވަރަށް ނެތުމުން ސްޓޮކްގެ އަދަދު ހަމަޖެއްސުމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ މިންވަރަށް ވެކްސިން ލިބުމުން މި ވެކްސިންތައް އަނބުރާ އިންޑިޔާއަށް ދޭންޖެހޭ ގޮތަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ހިމަބިހި ފެނުމާ ގުޅިގެން ދިވެހި ސަރުކާރުގެ އެދުމުގެ މަތީން އިންޑިއާ އިން 30 ހާސް ޑޯޒްގެ އެމްއާރް (މީސަލްސް ރުބެއްލާ) ވެކްސިން ވަނީ ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތައް ލިބޭނެ އިންތިޒާމު ވެސް އިންޑިއާއިން ހަމަޖައްސައިދިނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ