އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/12/2020

ކޮރޯނާވައިރަސް: މި އަހަރު އެންމެ ގިނައިން ގޫގަލްގައި އަހާފައި ހުރި 5 ސުވާލު

މި ލިޔުމުގައި ގެނެސްދެނީ މި އަހަރު ކޮރޯނާވައިރަސް އާއި ގުޅޭގޮތުން ގޫގަލްގައި އެންމެ ގިނައިން މީހުން އަހާފައިވާ 5 ސުވާލާއި އޭގެ ޖަވާބެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/12/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މި އަހަރު ވެފައިމިވަނީ މި ޤަރުނުގައި ވެސް އެންމެ ތަފާތު އަހަރަށެވެ. މީގެ 10 އަހަރުކުރިން 2020 އަހަރު އަހަރެމެން ތަޖުރިބާ ކުރާނެ އެތައް ކަމެއް އަޑުއިވިފައި ވި ނަމަވެސް ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ.

2020 ވަނަ އަހަރު އުދުހޭ ކާރުގެ ބަދަލުގައި ވައިގެތެރޭގައި އުދުހެންފެށީ އިންސާނުންގެ ލޮލަށް ނުފެންނަ ކުޑަ ކުޑަ ވައިރަސް އެކެވެ. ދަސްކުރަން ޖެހުނީ އަތްދޮންނާށެވެ.

ކޮންމެއަކަސް މި ތަފާތުތަކާއެކު، މި އަހަރު ގޫގަލްގައި މީހުން އަހާފައި ހުރި ސުވާލުތައް ވެސް ވަރަށް ތަފާތެވެ.

އެގޮތުން މި ގެނެސްދެނީ މި އަހަރު ކޮރޯނާވައިރަސް އާއި ގުޅޭގޮތުން ގޫގަލްގައި އެންމެ ގިނައިން މީހުން އަހާފައިވާ 5 ސުވާލާއި އޭގެ ޖަވާބެވެ.

1. ކޮވިޑް-19ގެ ހޮޓްލައިންތަކަކީ ކޮބާ؟

ކޮވިޑް-19 އަށް އެކި ޤައުމުތަކުގައި ކަނޑައަޅާފައިވާ ހޮޓްލައިންތައް ތަފާތެވެ. އެގޮތުން ރާއްޖޭގައި ކަނޑައަޅާފައިވަނީ 1676 ކެވެ. އަދި ހާލުބެލުން ޕޯޓަލް މެދުވެރިކޮށްވެސް ކޮވިޑް-19ގެ މައުލޫމާތު ހޯދާ ހިއްސާ ކުރެވޭނެ އެވެ.

2. ކޮރޯނާވައިރަސް އަކީ ކޮބާ؟

ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާވައިރަސް ނިސްބަތްވަނީ ކޮރޯނާވައިރަހުގެ އާއިލާ އަކަށެވެ. މިއީ ޖަނަވާރުންގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ވައިރަހެކެވެ. 

އެހެންނަމަވެސް މި ވައިރަސް އިންސާނުންގެ ތެރެއަށް ފެތުރުނީ ސީދާ ކޮން ޖަނަވާރެއްގެ ޒަރިއްޔާއިންކަން ސައިންސްވެރިން އަދިވެސް ދަނީ ދިރާސާކުރަމުންނެވެ. 

ކޮރޯނާވައިރަސް ގެ ފުރަތަމަ ކޭސް ފެނިފައި  ވަނީ ޗައިނާގެ ވޫހާން ސިޓީގެ ޖަނަވާރު މާކެޓަކުން 2019 އަހަރު ޑިސެމްބަރު މަހު ފުރަތަމަ ހަފްތާގަ އެވެ. 

3. ކޮރޯނާވައިރަސް ކިހާ ދުވަހެއް ވަންދެން ހަށިގަނޑުގައި ހުރޭތަ؟

ކޮރޯނާވައިރަސް ހަށިގަނޑަށް ވަންނަތާ 2-5 ދުވަހާއި ދެމެދު އަލާމާތްތައް ފެނެއެވެ. އަދި މި ބަލިން ރަނގަޅުވާން މަދުވެގެން 2 ހަފްތާ ނަގައެވެ.

ބަލިން ރަނގަޅުވިކަން ޔަގީން ކުރަނީ ދެ ހަފްތާއަށް ފަހު ހަދާ ޕީސީއާރް ޓެސްޓުން ނަތީޖާ ނެގެޓިވް ވުމުންނެވެ.

4. ކޮރޯނާވައިރަހުގެ އަލާމާތްތަކަކީ ކޮބާ؟

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން މިހާތަނަށް އެންމެ އާންމު އަލާމާތެއްގެ ގޮތުގައި ބެލެވެނީ ހުން އައުން، ކެއްސުން އަދި ނޭވާ ކުރުވުމެވެ. މިއީ ފުއްޕާމެއަށް ޖެހޭ ވައިރަހެއް ކަމުން މީގެ އަލާމާތްތައް މިއަށްވުރެ ގިނަ ވެފައި ނުރައްކާ ބޮޑެވެ. އޭގެތެރޭގައި ވައިރަހުގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތައް ހަލާކުވުން ހިމެނެއެވެ. 

ނަމަވެސް މިހާތަނަށް މި ބަލި ޖެހުނު 40 އިންސައްތަ މީހުންނަކީ އެއްވެސް އަލާމާތެއް ނުފެންނަ މީހުންނެވެ.

5. ތަންތަނުގައި ކޮރޯނާވައިރަސް ކިހާއިރެއް ވަންދެން ހަރުލާފައި ހުރޭތަ؟ 

މިހާތަނަށް ދިރާސާތަކުން ދައްކާގޮތުގައި ކަރުދާސް ބިއްލޫރި ފަދަ ތަންތަނުގައި ކޮރޯނާވައިރަސް 28 ދުވަސްވަންދެން ހުރެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ