އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 24/12/2020

އޭޝިޔާ-ޕެސިފިކް ރީޖަންއަށް ކޮވިޑް ވެކްސިން ފޯރުކޮށްދެވޭނީ އަންނަ އަހަރު މެދުތެރޭގައި : ޑަބްލިޔުއެޗްއޯ

ކޮވިޑް-19 ވެކްސިނަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ރައްކާތެރި އަދި ބޭނުންތެރި ވެކްސިނެއް އުފެއްދުން - ޑަބްލިޔުއެޗްއޯ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 24/12/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އޭޝިޔާ-ޕެސިފިކް ރީޖަންއަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ބެލެވެނީ އަންނަ 2021 ވަނަ އަހަރުގެ މެދުތެރެ ނުވަތަ ފަހުކޮޅުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޓަކޭޝީ ކަސާއީ އިންޑޮނޭޝިޔާގައި ހުންނަވައިގެން ވިދާޅުވީ ކޮވިޑް-19 ވެކްސިނަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ރައްކާތެރި އަދި ބޭނުންތެރި ވެކްސިނެއް އުފެއްދުން ކަމަށެވެ. އަދި ދެވަނަ ގޮންޖެހުމަކީ ދުނިޔޭގޭ އާބާދީއަށް ވާވަރަށް ވެކްސިން އުފައްދާ ފޯރުކޮށްދިނުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައި މިހާރުވެސް ވަނީ ކޮވިޑް ވެކްސިން ގަނެ އެ ޤައުމުތަކުގެ ރައްޔިތުންނަށް ދޭން ފަށާފަ އެވެ. އަދި ރާއްޖެ ފަދަ ބައެއް ޤައުމުތަކުން ވަނީ ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި ކޮވިޑް ވެކްސިން ދޭން ފެށޭނެކަމަށް ލަފާކޮށްފަ  އެވެ.

ޑަބްލިޔުއެޗްއޯގެ ރިޕްރެޒެންޓޭޓިވްސް ލަފާކުރާ ގޮތުގައި ކޮވިޑް ވެކްސިން ލިބުނު ނަމަވެސް އަދި ލިބޭނީ ލިމިޓް އަދަދަކަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ