އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 21/12/2020

ކޮރޯނާވައިރަސްގެ އާ ވައްތަރެއް ޔޫކޭގައި ފެތުރެން ފެށުމާއެކު، ރާއްޖެއިން ފިޔަވަޅުތައް ވަރުގަދަ ކުރަނީ

އައު ބާވަތެއްގެ ވައިރަސްއެއް ފެތުރެމުންދާކަމަށް ވާހަކަ ދެކެވޭ މި ދަނޑިވަޅުގައި މި ވައިރަސްއިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށްވެސް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމު- ޑރ. ނަޒްލާ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 21/12/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ގެ މުޅިން އާ ވޭރިއަންޓެއް އިނގިރޭސިވިލާތުގައި ވަރަށް ބާރަށް ފެތުރެމުންދަތީ، ގިނަ ގައުމުތަކުން ޔޫކޭއާއެކު ދަތުރުފަތުރު މެދުކަނޑާލާފައިވާއިރު، އެކަމާ ގުޅިގެން ރާއްޖޭން އަޅާނެ ފިޔަވަޅަކާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އާދިއްތަ ދުވަހުގެރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ، އިނގިރޭސިވިލާތުގައި ފެތުރެމުންދާ ވައިރަސްގެ މައުލޫމާތުތައް ރާއްޖެއިންވެސް ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން މިހާރު ހުރި ފިޔަވަޅުތައް އިތުރަށް ތަންފީޒު ކުރުމާއި، ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.

އިނގިރޭސިވިލާތުގައި މިހާރު ވަރަށް ބާރަށް ފެތުރެމުންދާ ކޮވިޑް-19 އިގެ އާ ވެރިއަންޓް، ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 ޕަސަންޓް އިތުރުކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައި އެވެ.

މި ބަލީގެ ވޭރިއަންޓް ކޮންޓްރޯލް ނުވާ މިންވަރަށް ފެތުރެމުންދާކަމަށް ޔޫކޭގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވެސް ވިދާޅުވެފައިވާއިރު، ކޮވިޑުގެ އާ ވެރިއަންޓް ޑެންމާކް، އިޓަލީ އަދި ނެދާލަންޑަސް އިން ފެނިފައިވާ ކަމަށް އެ ގައުމު ތަކުން ވަނީ ބުނެފަ އެވެ.

ޑރ ނަޒްލާ ވިދާޅުވީ، އައު ބާވަތެއްގެ ވައިރަސްއެއް ފެތުރެމުންދާކަމަށް ވާހަކަ ދެކެވޭ މި ދަނޑިވަޅުގައި މި ވައިރަސްއިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށްވެސް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ކޮވިޑް-19 އިގެ މި ހާލަތުގައި އިނގިރޭސިން ދަތުރު ކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ މިދިއަ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ. އެއާއެކު މިދިއަ މަހުން ފެށިގެން ދެ ގައުމުގެ ދެމެދު ފްލައިޓުތައް އަލުން އޮޕަރޭޓް ކުރަން ފަށާފައިވާއިރު، މިވަގުތު އިނގިރޭސިވިލާތުން ރާއްޖެ އަށް ދަތުރުކުރަނީ ބްރިޓިޝް އެއާވޭސް އާއި ސްރީލަންކަން އެއާލައިންސް އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ