އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/12/2020

ސިންގަޕޫރަށް ހިޖުރަކޮށްފައިވާ ބިދޭސީ މަސައްކަތު މީހުންގެ 47% ކޮވިޑަށް ޕޮޒިޓިވް

ސިންގަޕޫރުގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 152،000 މީހުންނަށް ވަނީ ކޮވިޑު ޖެހިފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/12/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފާއިތުވި ނުވަ މަސްތެރޭގައި ސިންގަޕޫރަށް އެ ކި ޤައުމުތަކުން ހިޖުރަކޮށްފައިވާ ބިދޭސީ މަސައްކަތު މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕަކުން ބުނެފި އެވެ.

މި ގްރޫޕުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ސިންގަޕޫރުގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 152،000 މީހުންނަށް ވަނީ ކޮވިޑު ޖެހިފައެވެ. މިއީ 47 އިންސައްތައިގެ އަދަދެކެވެ. މިއީ ލަންޑަނުން ކޮވިޑަށް ޕޮޒިޓިވް މީހުންގެ 11 އިންސައްތަ އިތުރު އަދަދެކެވެ.

ސިންގަޕޫރުގައި ކޮވިޑްގެ ކޭސްތައް އެންމެ ގިނަވެފައި ވަނީ އޭޕްރީލް މަސްތެރޭގައެވެ. އަދި އެ ދުވަސްވަރު އެ  ޤައުމުން ވަނީ ލޭބަރ ކުއާޓަރ ފަދަ ތަންތަނުގައި ކޮޓަރި ޝެއާ ކޮށްގެން އުޅޭ ގިނަ ފިރިހެން ބިދޭސީ މަސައްކަތްތެރިންނަށް ކޮވިޑް ޖެހިފަ އެވެ. 

ނަމަވެސް ފާއިތުވި ދެތިން މަސްތެރޭގައި ސިންގަޕޫރުން ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ ގާތްގަނޑަކަށް ސުމަކަށް ވެއްޓިފަ އެވެ. އެހެންވެ އެ ޤައުމުގެ ސަރުކާރުން ވަނީ އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ