އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 17/12/2020

ކޮވިޑް-19 ކޭސްތައް ގިނަވެ، ޖަރުމަނު ލޮކްޑައުން ކޮށްފި

ޖެނުއަރީ 10 އަކާއި ހަމަޔަށް ލޮކްޑައުން ކޮށްފައި އޮތް ޖަރުމަނުން ހުސްވި ބުދަ ދުވަހު އެކަނި ވެސް ވަނީ 27،728 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 17/12/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޖަރުމަނުވިލާތުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވެ، ވިޔަފާރިތަކާއި ސްކޫލްތައް ބަންދުކޮށް އެ ޤައުމު ލޮކްޑައުން ކޮށްފި އެވެ.

ޖެނުއަރީ 10 އަކާއި ހަމަޔަށް ލޮކްޑައުން ކޮށްފައި އޮތް ޖަރުމަނުން ހުސްވި ބުދަ ދުވަހު އެކަނި ވެސް ވަނީ 27،728 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އެ ދުވަހު އެކަނި ވަނީ 952 މީހުން މަރުވެފަ އެވެ.

އާ އަހަރާއި ދިމާކޮށް ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ފްރާންސްގައި ވަނީ ކާފިއު އިއުލާން ކޮށްފަ އެވެ. 

ޖަރުމަނުގައި ވަނީ ލޮކްޑައުންތެރޭގައި ޒަރޫރީ ހިދުމަތްދޭ ތަންތަން ކަމަށްވާ ސުޕަމާކެޓް ތަކާއި، ބޭންކްތައް ހުޅުވާފައި ބެހެއްޓުމަށް ނިންމާފަ އެވެ. ނަމަވެސް ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން އެ ޤައުމުގައި ނޮވެމްބަރުން ފެށިގެން ވަނީ ބަންދު ކޮށްފައެވެ. 

ޖަރުމަނުގެ ސިއްހީ މާހިރުން ބުނާގޮތުގައި އެ ޤައުމު ލޮކްޑައުން އަކަށް ދާން ޖެހުނީ ސަރުކާރުން ހަދާފައިވާ ޤަވާއިދުތަކަށް ރައްޔިތުން ބޯނުލެނބުމުގެ ސަބަބުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ