އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/12/2020

ބ. އަތޮޅު ހޮސްޕިޓަލްގައި ލޮލުގެ ކޭމްޕެއް ބާއްވަނީ

ބ. އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕްގައި ހަރަކާތްތެރިވާނީ އައިކެކާގެ ޑޮކްޓަރުންގެ ޓީމެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/12/2020

Baa Atoll Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބ. އަތޮޅު ހޮސްޕިޓަލާއި އަދި އަތޮޅު ކައުންސިލް ގުޅިގެން ލޮލުގެ ބަލިތަކަށް ހާއްސަ ކޭމްޕެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ބ. އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕްގައި ހަރަކާތްތެރިވާނީ އައިކެކާގެ ޑޮކްޓަރުންގެ ޓީމެކެވެ. އަދި މި ޓީމުން މިމަހުގެ 24-28 އާ ހަމައަށް ބ. އަތޮޅު ހޮސްޕިޓަލުގައި ބަލިމީހުން ބަލާނެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ވަނީ ލޮލުގެ ކޭމްޕްގައި ޑޮކްޓަރުންނަށް ދައްކަން ބޭނުން މީހުން އެ ހޮސްޕިޓަލުގައި ނަން ނޯޓުކުރަން އެދިފައެވެ. އެގޮތުން ނަން ނޯޓު ކުރަން ހުޅުވާލާފައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ޑިސެމްބަރު 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ލޮލުގެ ކޭމްޕާއި ގުޅޭގޮތުން ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ސްކްރީނިންގެ ތެރޭގައި ލޮލުގެ ނަންބަރު ނަގައިދިނުމާއި އައިނު ހެއްދުމާއި ލޮލުގެ ލޮލުގެ ތަފާތު ބަލިތަކަށް ކޭމްޕްގައި ފަރުވާ ދޭނެ ކަމަށެވެ. އަދި މި ކޭމްޕުގައި އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ