އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/12/2020

ކޮވިޑް-19ގެ ސަބަބުން ފިޓުޖެހުމަށް މެދުވެރިވޭ: ދިރާސާ

ކޮވިޑް-19 މިހާތަނަށް ޖެހުނު ގިނަ ބަލިމީހުންގެ ފަރާތުން ދިގު މުއްދަތަށް ބޮލުގައި ރިހުމާއި އަދި އެއަށްވުރެ ސީރިއަސް ކަންކަން ފެނިފައިވާކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/12/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހިފައި ތިބޭ މީހުންން ހަރަކާތްތަކަށް ބަދަލު އައިސް ފަސޭހައިން ފިޓު ޖެހެން މެދުވެރިވާކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ހުސްވި ބުދަ ދުވަހު ޖާނަލް ނިއުރޮލޮޖީ: ކްލިނިކަލް ޕްރެކްޓިސްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ވާގޮތުން ކޮވިޑް-19ގެ ސަބަބުން ބައެއް މީހުންނަށް ފަސޭހައިން ހަނދާން ނެތުމާއި، ތަންތަން ދެނެގަނެ އަދި ކަންކަން ދެނެގަންނަން އުނދަގޫތަކެއް ކުރިމަތިވެއެވެ. 

ދިރާސާގައި ބައިވެރިވި ޑޮކްޓަރެއް ކަމަށްވާ، ޑރ. ޕްރިއާ އަނަންދު ވިދާޅުވިގޮތުގައި ކޮވިޑުން ރަނގަޅުވުމަށް ފަހުގައިވެސް ގިނަ މީހުންނަށް ބަލީގެ ސަބަބުން ދާއިމީ ގޮތެއްގައި އަސަރުކުރުވަނީ މިފަދަ ކަންކަމަށެވެ. އަދި މި ނިއުރޮލޮޖިކަލް ޑިސްއޯޑަރގެ ސަބަބުން އަލުން ކުރީގެ ހާލަތަށް ރުޖޫއަވުމަށް ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.

ކޮވިޑް-19 މިހާތަނަށް ޖެހުނު ގިނަ ބަލިމީހުންގެ ފަރާތުން ދިގު މުއްދަތަށް ބޮލުގައި ރިހުމާއި އަދި އެއަށްވުރެ ސީރިއަސް ކަންކަން ފެނިފައިވާކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.

މި ދިރާސާ ހަދާފައި ވަނީ ކޮވިޑް ޖެހިގެން 15 އޭޕްރިލް އިން ޖުލައި އެކަކަށް އެމެރިކާގެ ބޮސްޓޮން މެޑިކަލް ސެންޓަރުގައި އެނދުމަތި ކުރި 921 މީހެއްގެ މެޑިކަލް ޑާޓާއަށް ބެލުމަށް ފަހުގައެވެ. އަދި މި ދިރާސާގައި ބައިވެރިކޮށްފައިވާ ގިނަ ބަލި މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ އަދި ކުރިން ނާރުގެ އެކި މައްސަލަތައް ކުރިމަތި ވެފައިވާ މީހުންނެވެ.

ދިރާސާގެ ނަތީޖާއެއް ގޮތުން ރިސާޗަރުން ބުނެފައިވަނީ ކުރިން ނާރުގެ މައްސަލަތައް ހުރި 18 މީހަކަށް ކޮވިޑް ޖެހިގެންސްޓްރޯކް ޖެހިި ހޮސްޕިޓަލްގައި އެނދުމަތި ކޮށްފައިވާ ކަމަށެވެ. އަދި 15 މީހަކު ފިޓު ޖެހި، 26 މީހަކަށް ސިކުނޑިއަށް ދިމާވާ ޑިސްފަންޝަނެއް ކަމަށްވާ އޮޅުންއެރުން އަދި ޑެލިރިއަމް ކުރިމަތި ވެފައިވާ ކަމަށް ބުނެފައިވެއެވެ.

މި ދިރާސާގައި ބައިވެރިވި 10 މީހުންވަނީ ހަށިގަނޑުގެ ބައެއް ގުނަވަންތައް ފެއިލް ވުމުގެ ސަބަބުން މަރުވެފަ އެވެ. އަދި ބަލިން ރަނގަޅުވެގެން ނުކުތް ގިނަ މީހުންނަށް އެކި ކަހަލަ ނިއުރޮލޮޖިކަލް މައްސަލަތައް ވަނީ ކުރިމަތި ވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ