އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 11/12/2020

ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި 80 އަހަރުން މަތީގެ މީހުންނަށް: ޑރ. ނަޒްލާ

މިހާރު ވެކްސިން ގެނެސް ރައްކާކުރުމުގެ ނިޒާމް ހަރުދަނާ ކުރުމާއި ވެކްސިން ދިނުމަށް ތައްޔާރުވަމުންދާ ކަަމަށް ނަޒްލާ ވިދާޅުވިއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 11/12/2020

Coronavirus COVID-19 Dr Nazla Rafeeg
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެންމެ ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި 80 އަހަރުން މަތީގެ މީހުންނަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވެކްސް އިން ދޭ ވެކްސިން ރާއްޖޭގެ 20 ޕަސެންޓަށް ދިނުމަށް ނިންމާފައިވާ އިރު ފުރަތަމަ 3 ޕަސެންޓް ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި ސިއްހީ ހިދުމަތްތެރިންނަށާއި ކަށުކަމާ ކެމީގެ ކަންކަމުގައި މަސައްކަތްކުރާ މީހުންނަށް ކަމަށެވެ.

އަދި ބާކީ 17 ޕަސެންޓް ދިނުމަށް ހަމަޖެހިފައި ވަނީ 50 އަހަރާއި 50 އަހަރުން މަތީގެ ރައްޔިތުންނާއި ހައިރިސްކް މީހުންނަށެވެ.

ކޮވިޑް ވެކްސިން: ފުރަތަމަ ގްރޫޕް

ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުން

ސިއްހީ ހިދުމަތް ދޭ ތަންތަން ސާފުކުރާ މީހުން

އާރްއާރްޓީގައި މަސައްކަތް ކުރާ މީހުން

ކަށުކަމާކެމީގެ ކަންކަން ކުރުމުގައި އުޅޭ މީހުން

ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންގެ

ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުން

ކޮވިޑް ވެކްސިން: ދެވަނަ ގްރޫޕް

50 އަހަރާއި 50 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް

ކެންސަރު ބަލި ތަހައްމަލު ކުރާ މީހުންނާއި މިދިޔަ އެއް އަހަރު ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާފައި ތިބި މީހުން

ހަކުރު ބަލި ހުންނަ މީހުން

އިސްކޮޅާ އެކަށީގެން ނުވާ ވަރަށް ބަރުދަން ހުންނަ މީހުން

ކިޑްނީ ބަލީގެ 3 ވަނަ ސްޓޭޖްގައި ފަރުވާ ހޯދަމުންދާ މީހުން

ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތަކާއި، ލިވާގެ ބަލިތަކަށް ބޭސް ކުރާ މީހުން

ސްޓްރޯކް ޑިމެންޝިއާ ހުންނަ މީހުން

ތެލެސީމިއާ ކެރިއަރުން

ބަލިހާލު ބޮޑުވެ އެނދުމަތިކޮށްފައި ތިބޭ މީހުން

ކޮވިޑް ވެކްސިން: ތިންވަނަ ގްރޫޕް

ޓީޗަރުންނާއި ފުލުހުންނާއި ސިފައިން

އެއާޕޯޓުތަކާއި އެއާލައިންތަކާއި ޓްރެވަލް އެޖެންސީގެ މުވައްޒަފުން

ޓޫރިޒަމް ދާއިރާގެ މުވައްޒަފުން

ވެމްކޯ މުވައްޒަފުން

ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ ކްރޫއިން

ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްދޭ ފަރާތްތައް

ޕަބްލިކް ސާވިސް ހިދުމަތްދޭ މީހުން

ބޭރު ގައުމުތަކަށް ދަތުރުފަތުރު ކުރަންޖެހޭ ފަރާތްތައް

ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ތިން ވަނަ ބުރުގައި ހިމެނެނީ 20 ޕަސެންޓް މީހުންގެ އިތުރުން އާބާދީގެ އިތުރު މީހުންނަށެވެ. އެ މީހުންނަށް ވެކްސިން ހޯދުމަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަަމަށް ނަޒްލާ ވިދާޅުވިއެވެ. 

މިހާރު ވެކްސިން ގެނެސް ރައްކާކުރުމުގެ ނިޒާމް ހަރުދަނާ ކުރުމާއި ވެކްސިން ދިނުމަށް ތައްޔާރުވަމުންދާ ކަަމަށް ނަޒްލާ ވިދާޅުވިއެވެ. ކޮވިކްސް އިން ވެކްސިން ލިބޭނީ ބައިބަޔަށް ކަމަށާއި އިތުރު ވެކްސިންތައް ވެސް ލިބޭނީ ބައިބަޔަށް ވަކިވަކިން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ