އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/12/2020

ޗުއްޓީ ނަމަވެސް ކުދިންގެ ރައްކާތެރިކަމަށް ފަރުވާކުޑަ ނުކުރާތި

ގޭގެ ބެލްކަނިތަކުން ފާއިތުވި 11 މަސްދުވަހު ބޭރުބަލަން ތިބި ތުއްތު ކުދިންނަށް ޑިސެމްބަރު ޗުއްޓީ ވެފައި މިވަނީ ކުޑަވަރެއްގެ އީދަކަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/12/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ޕެންޑަމިކް އަކީ މި ޤަރުނުގައި ދުނިޔެ ދުށް އެންމެ ބޮޑު އެއް ބަލިމަޑު ކަމެވެ. 2020 ވަނަ އަހަރަށް ގިނަ ކަންކަމެއް ކުރަން ހިތުލި ނަމަވެސް މުޅި އަހަރު ގާތްގަނޑަކަށް ހޭދަކުރަން ޖެހިފައި މިވަނީ ދިރިއުޅޭ ގެއިން ވެސް ނުނިކުމެއެވެ.

ލޮކްޑައުންގެ ބޯ ހާސްކަމުން އަރައިގަތުމަށް އެންމެން ވެސް އިންތިޒާރު ކުރަމުންދިޔައީ ޑިސެމްބަރު ޗުއްޓީ އަށެވެ. ހަމައެގޮތަށް ޑިސެމްބަރު ޗުއްޓީ ވެސް މިވަނީ ފެށިފަ އެވެ. އެހެންނަމަވެސް ކޮވިޑް-19 ނިމުމުގެ ކޮޅުމަތި އަދިވެސް ފެންނާކަށް ނެތެވެ.

ގޭގެ ބެލްކަނިތަކުން ފާއިތުވި 11 މަސްދުވަހު ބޭރުބަލަން ތިބި ތުއްތު ކުދިންނަށް ޑިސެމްބަރު ޗުއްޓީ ވެފައި މިވަނީ ކުޑަވަރެއްގެ އީދަކަށެވެ. އަދި ތުއްތު ދަރިންގެ މި އުފާ ފެނުމުން އެ ކުދިން ބޭނުންވާ ހުރިހާ ކަމެއްވެސް ކޮށްދޭން މައިންބަފައިން ބޭނުންވެއެވެ.

އެހެންކަމުން ރަށަށް ޗުއްޓީއަށް ދިއުމުގެ އިތިރުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސަރަހައްދުތައް މި ދުވަސްވަރު ފެންނަނީ ފުރިބާރުވެފައި ވަނިކޮށެވެ. ނަމަވެސް މި ހުރިހާ ކަމެއްގެ ތެރެއިން ސިއްހީ އެހީތެރިން ދެނީ އެއް ނަސޭހަތެކެވެ. ސާފުތާހިރު ކަމަށް ފަރުވާކުޑަ ނުކުރުމަށެވެ. އެއްވުންތައް މަދު ކުރުމަށެވެ. ބޭރުގައި އުޅޭ ހުރިހާ ވަގުތެއްގައި މާސްކް އެޅުމަށެވެ.

މީގެތެރެއިން ވެސް އާރޓިފިޝަލް ބީޗް އަދި ރަސްފަންނު ފަދަ ތަންތަނަށް ގޮސް ހަދާއިރު ޕިކްނިކް ނިންމާލުމަށްފަހު ހަޓުތައް ސާފުކޮށް ބެހެއްޓުމަށެވެ. އަދި ދެން އަންނަ މީހުންވެސް މިފަދަ ހަޓު، ބެންޗް އަދި އަށިތައް ބޭނުން ކުރުމުގެ ކުރިން ސާފުކުރުމަަށް ފަހު ބޭނުން ކުރުމަށެވެ.

ކުޑަކުދިންނަކީ ފަސޭހައިން މައިންބަފައިން ކުރާ ކަންތައް ކޮޕީ ކުރާ ބަޔަކަށް ވުމުން މިފަދަ ކަމަކަށް ފަރުވާކުޑަކޮށްލައިފިނަމަ، ފާއިތުވި ތަނުގައި ދަސްކޮށްދިން އާދަތައް ކުދިންގެ ފަރާތުން ނެތިގެން ހިނގައިދާނެ ކަމަށް ސިއްހީ އެހީތެރިން ބުނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ