އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 08/12/2020

ޕާކިސްތާނުގެ ހޮސްޕިޓަލްތަކުގައި ހުރި އޮކްސިޖަން މަދުވެގެން ކޮވިޑް ޕޭޝަންޓުން މަރުވަނީ

އޮކްސިޖަން ނުލިބުމުގެ ސަބަބުން އެ ހޮސްޕިޓަލްގެ ގިނަ ބަލިމީހުން އަދިވެސް ތިބީ ސީރިޔަސް ހާލަތެއްގައި ކަމަށް ވެސް ވަނީ ބުނެފައެވެ. 
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 08/12/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޕާކިސްތާނުގެ އަވަށެއް ކަމަށްވާ ޕޭޝްވަރުގެ ގައި ހުންނަ އެ ޤައުމުގެ ސަރުކާރުން ހިންގާ ހޮސްޕިޓަލަކުން އޮކްސިޖަން މަދުވެގެން މިހާތަނަށް ކޮވިޑް-19 ޖެހުނު 6 މީހަކު މަރުވެއްޖެ އެވެ.

ހަބަރުތަކުން ބުނާގޮތުގައި އޮކްސިޖަން ލިބުން ލަސްވެގެން 200 ބަލިމީހުން ވަނީ އޮކްސިޖަނާއި ނުލައި ގަޑިއެއްގެ އިރު ހޭދަކޮށްފަ އެވެ. އަދި އެވަގުތު އޮކްސިޖަން ނުލިބިގެން ވަނީ 6 ބަލި މީހަކު މަރުވެފަ އެވެ.

އޮކްސިޖަން ނުލިބުމާއި ގުޅިގެން ހޮސްޕިޓަލުގެ އޮފިޝަލުން ވަނީ އެކަމުގެ ޒިންމާ ނަގަންޖެހޭނީ އޮކްސިޖަން ޑެލިވަރި ކުރާ ކުންފުނިން ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް ހޮސްޕިޓަލުގެ ބައެއް ސްޓާފުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ޕާކިސްތާނުން މިހާރު ދަނީ ކޮރޯނާވައިރަހުގެ ދެވަނަ ރާޅަކާއި ހަނގުރާމަ ކުރަމުންނެވެ. އެގޮތުން މިހާތަނަށް އެ ޤައުމުން ވަނީ 400،000 މީހުން ޕޮޒިޓިވްވެ، 8000 މީހުން މަރުވެފަ އެވެ.

ނޫސްތަކުން އޮކްސިޖަން ޑެލިވަރީ ކުރާ ކުންފުންޏާއި ހަވާލާދީ ބުނެފައިވަނީ އޮކްސިޖަން ޑެލިވަރީ ކުރުން ލަސްވީ ވެންޓިލޭޓަރަށް އޮތް ޑިމާންޑް ބޮޑުވުމުން ކަމަށެވެ.

އަދި އޮކްސިޖަން ނުލިބުމުގެ ސަބަބުން އެ ހޮސްޕިޓަލްގެ ގިނަ ބަލިމީހުން އަދިވެސް ތިބީ ސީރިޔަސް ހާލަތެއްގައި ކަމަށް ވެސް ވަނީ ބުނެފައެވެ. 

އޮކްސިޖަން ނުލިބިގެން ކޮވިޑް ބަލީގެ ގިނަ މީހުން މަރުވި މައްސަލަ ޕާކިސްތާން ސަރުކާރުން މިހާރު ދަނީ ސީރިޔަސް މައްސަލައެއްގެ ގޮތުަގައި ބަލަމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ