އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 07/12/2020

އިންޑިޔާގައި ގޮތްނޭނގޭ ބަލިމަޑުކަމެއް ފެތުރެނީ، މިހާތަނަށް އެކަކު މަރުވެއްޖެ!

އެ ޤައުމުގެ އޮފިޝަލުން ބުނާގޮތުގައި މި ބަލި ފެތުރެން ފަށާފައިވަނީ އެ ޤައުމުގައި އޮންނަ އެލުރޫ ކިޔާ ކުޑަ އަވަށަކުން ހުސްވި ހަފްތާ ބަންދު ތެރޭގަ އެވެ. 
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 07/12/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންޑިޔާގެ އަންދްރަ ޕްރަދޭޝްގައި ގޮތް ނޭނގޭ ބަލިމަޑުކަމެއް ފެތުރެން ފަށާފައިވާ ކަމަށް އެ ޤައުމުގެ ސިއްހީ އިދާރާތަކާއި ހަވާލާދީ ނޫސްތަކުން ހާމަކޮށްފި އެވެ.

ބޯ އެނބުރުމާއި، ފިޓް ޖެހުން އަދި ހޭނެތުމަށް މެދުވެރިވާ މި ބަލި ޖެހިގެން މިހާތަނަށް ވަނީ 227 މީހަކަށް ފަރުވާދީފަ އެވެ. އަދި އެކަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

އެ ޤައުމުގެ އޮފިޝަލުން ބުނާގޮތުގައި މި ބަލި ފެތުރެން ފަށާފައިވަނީ އެ ޤައުމުގައި އޮންނަ އެލުރޫ ކިޔާ ކުޑަ އަވަށަކުން ހުސްވި ހަފްތާ ބަންދު ތެރޭގަ އެވެ. 

“ކުއްލިއަކަށް މީހުން ބަލިވަނީ. ހާއްސަކޮށް ކުޑަކުދިން ކުއްލިއަކަށް ހޮޑުލާން ފަށާފައި ލޮލުން ދިލަނަގާތީ އުޅެނީ. ބައެއް މީހުން ހޭނެތި އަދި ފިޓުވެސް ޖެހޭ.” އެލުރޫ ގަވަރމެންޓް ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރަކު ވިދާޅުވެފަ އެވެ.

އިންޑިޔާއަށް އިތުރު ބަލިމަޑުކަމެއް ކުރިމަތިވެފައި މިވަނީ އެ ޤައުމުގައި ކޮވިޑް-19 ކޭސްތައް އަތްނުފޯރާ ފަށަށް ފެތުރެމުން ދަނިކޮށެވެ. އެގޮތުން އިންޑިޔާ އޮތީ މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ ކޭސްތައް ފެނި އެންމެ ގިނަ ބަޔަކު މަރުވި ޤައުމުގެ ގޮތުގަ އެވެ.

މި ގޮތް ނޭނގޭ ބަލި ފެނިފައިވާ އަންދްރަ ޕްރަދޭޝް ޑިސްޓްރިކްޓަކީ އިންޑިޔާގައި ތިން ވަަނަ އަށް އެންމެ ބޮޑަށް ކޮވިޑް ފެތުރިފައި އޮތް ސަރަހައްދެވެ. އެ ޑިސްޓްރިކްޓުން އެކަނިވެސް ވަނީ 800،000 މީހުން ކޮވިޑް ޖެހިފަ އެވެ.

މި ގޮތް ނޭނގޭ ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 70 މީހުން ވަނީ ފަރުވާ ދިނުމަށްފަހު ގެއަށް ފޮނުވާލާފަ އެވެ. އަދި ބާކީ ތިބި 157 މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ