އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/12/2020

ފައިޒާއިން އުފެއްދި ކޮވިޑް-19 ވެކްސިން އަންނަ ހަފްތާއިން ފެށިގެން ޔޫކޭގައި ދޭން ފަށަނީ

ފައިޒާއިން ބުނިގޮތުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒްތައް ވަނީ މިހާރު އިނގިރޭސިވިލާތަށް ދިއުމުގެ މަގުމަތީގަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/12/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފައިޒާ އަދި ބަޔޯއެންޓެކް އިން އުފެއްދި ކޮވިޑް-19 ވެކްސިން ދޭ ފުރަތަމަ ޤައުމަކަށް އިނގިރޭސިވިލާތު ވެއްޖެ އެވެ.

ފައިޒާގެ މި ވެކްސިން ދިނުމަށްޓަކައި އިނގިރޭސިވިލާތުން ވަނީ ބޮޑު ކެމްޕެއިނެއް ވެސް ފަށާފައެވެ. އަދި ބްރިޓެއިންސް މެޑިސިން ރެގިއުލޭޓަރ އެއް ކަމަށްވާ އެމް.އެޗް.އާރް.އޭ އިން ވަނީ މި ވެކްސިން ޖަހައިގެން 95 އިންސައްތައަށް ބަލިން ރައްކާތެރިކޮށްދޭނެ ކަމަށް ބުނެފަ އެވެ.

ފައިޒާއިން ބުނިގޮތުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒްތައް ވަނީ މިހާރު އިނގިރޭސިވިލާތަށް ދިއުމުގެ މަގުމަތީގަ އެވެ. ހަމައެހެން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 800،000 ޑޯޒު ފޮނުވާނޭ ކަމަށް ފައިޒާއިން ވަނީ ބުނެފަ އެވެ.

ހަމައެހެންމެ އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީ މެޓް ހެންކޮކް ވަނީ ޤައުމީ ސިއްހީ އިދަރާއިން ވެކްސިން ދޭ މީހުންނަށް މިހާރު ގުޅަމުންދާ ކަމަށް ބުނެފަ އެވެ. 

އިނގިރޭސިވިލާތުގައި ކޮވިޑް-19 ވެކްސިން ދޭ ލިސްޓްގެ އެންމެ ކުރީގައި ހިމަނާފައި ވަނީ ކެއާ ހޯމްތަކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި، އެ ތަންތަނުގެ މުވައްޒަފުންގެ އިތުރުން އެ ޤައުމުގައި ދިރިއުޅޭ އުމުރުން 80 އަހަރުން މަތީގެ ރައްޔިތުންނާއި، ސިއްހީ އެހީތެރިންނެވެ.

އެޤައުމުގެ ހޮސްޕިޓަލްތަކުގައި މިހާރުވަނީ -70 ޑިގްރީގައި ވެކްސިން ރައްކާކުރެވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ. އަދި އެއްވެސް ވެކްސިނެއް ބޭކާރުވެގެން ދިޔަ ނުދޭނެ ކަމަށް އުނގިރޭސިވިލާތުން ބުނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ