އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 03/12/2020

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް: ކޮވިޑް-19ގެ ދުނިޔޭގައި ވެސް ފަސްޖެހުމެއް ނެތި ހުނަރާއި ޤާބިލްކަން ދައްކާލަމާ!

ދުނިޔޭގެ އެކި ހިސާބުތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިސްކަންދީގެން ސިއްހީ ނިޒާމު އެކުލަވާލާފައިވާ ޤައުމުތަކުގެ އަގުވަޒަން ވަނީ ޑަބްލިޔުއެޗްއޯ އިން ކޮށްފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 03/12/2020

World Disability Day
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހެވެ. ކޮންމެ ޑިސެމްބަރު މަހެއްގެ ތިން ވަނަ ދުވަހު މި ދުވަސް ފާހަގަކުރަމުންދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އުނިވެފައިވާ ހައްގުތައް ހޯދައިދީ ބަވަނަ ވެފައިވާ މި ދުނިޔޭގައި އެ އެންމެންނަށް ވެސް ހަމަ ހަމަ ފުރުސަތުތަކެއް ހޯދައި ދިނުމަށެވެ.

އެގޮތުން މި އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސްއިން ކަނޑައަޅާފައިވަނީ “ބިލްޑިން ބެކް: ޓުވާރޑް އަ ޑިސެބިލިޓީ- އިންކްލޫސިވް، އެކްސެސިބަލް އެންޑް ސަސްޓެއިނަބަލް ޕޯސްޓް ކޮވިޑް-19 ވޯލްޑް” އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ “އަ ޑޭ ފޯ އޯލް” އެވެ.

ޑަބްލިޔުއެޗްއޯއިން ތަފާތު ޝިއާރެއް ކަނޑައެޅިނަމަވެސް މި އަހަރުވަނީ ޔޫއެންގެ ޝިއާރަށް އެ ޖަމިއްޔާއިން ތާއީދު ކޮށްފަ އެވެ. އަދި މި ޝިއާރުގެ ދަށުން ކޮވިޑް-19 ޕެންޑަމިކްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދޭތެރޭ ކުޑަކުރެވިފައިވާ ސަމާލުކަން އަލުން ހޯދައި، އެފަދަ ފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތަކާއި ހިދުމަތްތައް ރަނގަޅުކޮށް އަތްފޯރާފަށެއްގައި ހިދުމަތް ދެވޭނެކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފަ އެވެ.

މި ދުވަހާއި ގުޅިގެން ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނުގައި ވަނީ ނުކުޅެދުންތެރިކަމަކީ އިންސާނީ ދިރިއުޅުމުގެ ތަޖުރިބާއެއް ކަމަށް ބުނެފަ އެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިސްކަންދީގެން ސިއްހީ ނިޒާމު އެކުލަވާލާފައިވާ ޤައުމުތަކުގެ އަގުވަޒަން ވަނީ ކޮށްފަ އެވެ.

ޑަބްލިޔުއެޗްއޯއިން ބުނިގޮތުގައި ކޮވިޑް-19ގެ ޕެންޑަމިކްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭން ޖެހޭ އަހަމިއްޔަތުކަން ކުޑަވެ، ބައެއް ތަންތަނުގައި ތަފާތުކުރުން ގެންގުޅެފައިވާކަން ވަނީ ފާހަގަވެފަ އެވެ. އަދި އެފަދަ މީހުންނަށް މުޖުތަމައުގައި ހަމަ ހަމަ ފުރުސަތުތަކެއް ހޯދައިދީ ބިނާކުރުމަށް އެއްބާރުލުން ދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ