އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 30/11/2020

ކޮވިޑް-19 ގެ ސަބަބުން މެލޭރިޔާ ކޭސްތައް އިތުރުވުމުގެ ބިރު ބޮޑު - ޑަބްލިޔުއެޗްއޯ

ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި އެޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 30/11/2020

Malaria
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން ފަންޑިންގް ނުލިބުމާއި، ފަރުވާ ދިނުމަށް ދަތިވުމުގެ ސަބަބުން އެފްރިކާ ބައްރުގައި މެލޭރިޔާގެ ކޭސްތައް އިތުރުވެ، އެތަކެއް ހާސް މީހުން މަރުވެދާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި އެޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އާންމުކޮށް ކުރަމުން އައި މަސައްކަތަށް ކިރިޔާވެސް ލޮޅުމެއް އަރައިފިނަމަ ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށް އެޖަމިއްޔާއިން ފާހަގަކުރިއެވެ.

އެގޮތުން އެރިޕޯޓުގައި ބުނެފައިވަނީ އާންމުކޮށް ކުރަމުން އައި މަސައްކަތްތައް 10 އިންސައްތަ މަދުވިނަމަވެސް އިތުރު 19،000 މީހުންގެ ފުރާނަ ގެއްލިދާނެކަމެވެ. އަދި 25 އިންސައްތަ މަދުވެއްޖެނަމަ އިތުރު 46،000 މީހުން، އަދި 50 އިންސައްތަ މަދުވެއްޖެނަމަ އިތުރު 100،000 މީހުން މަރުވެދާނެކަމަށް ހޯދުންތަކުން ދައްކާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ޑަބްލިޔުއެޗްއޯއިން މެލޭރިޔާއާއި ގުޅިގެން އެންމެ ފަހުން ނެރެފައިވާ ރިޕޯޓުން ދައްކާގޮތުން މެލޭރިޔާގެ އަސަރު އެންމެ ބޮޑަށް ކުރަނީ އެފްރިކާގެ ޤައުމުތަކަށެވެ. މިބައްޔަކީ ފަސޭހައިން ފަރުވާ ދެވޭ ބައްޔެއްނަމަވެސް، މިއަހަރު ކޮވިޑް-19 ގެ ސަބަބުން ވަނީ މެލޭރިޔާއާއި ދެކޮޅަށް ކުރަމުން އައި މަސައްކަތްތަކަށް ހުރަސްއެޅިފައެވެ. 

2019 ވަނަ އަހަރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 229 މިލިއަން މެލޭރިޔާ ކޭސްވަނީ ރިޕޯޓުކޮށްފައެވެ. މިއަދަދަކީ ވޭތުވެދިޔަ ހަތަރު އަހަރާއި އަޅާކިޔާއިރު އެއްގޮތް އަދަދެކެވެ. 2019 ވަނަ އަހަރު 409،000 މީހުން ބަލީގެ ސަބަބުން މަރުވެފައިވާއިރު، 2018 ވަނަ އަހަރު މިއަދަދު އުޅެނީ 411،000 ގައެވެ.

ޑަބްލިޔުއެޗްއޯ އިން ފާހަގަކުރާ ގޮތުގައި މީގެ އެންމެ ބޮޑު މައްސަލައަކީ ބޭނުންވާވަރަށް ފަންޑިންގް ނުލިބުމެވެ. އެގޮތުން 2019 ވަނަ އަހަރު 5.6 ބިލިއަން ޑޮލަރު ބޭނުންވިއިރު، އެހީގެ ގޮތުގައި ލިބިފައިވަނީ 3 ބިލިއަން ޑޮލަރެވެ.

ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 20 އަހަރު ތެރޭގައި 21 ޤައުމަކުން ވަނީ މެލޭރިޔާ މުޅިން ނައްތާލާފައެވެ. މީގެތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ