އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 24/11/2020

އޮކްސްފޯޑުން އުފައްދާ ކޮވިޑް ވެކްސިންގެ ޓްރަޔަލްއިން އުއްމީދު ބޮޑުވެއްޖެ

މިހާރުގެ ޑާޓާތަކުން ދައްކާގޮތުގައި މި ވެކްސިނުން 60 އިންސައްތަ ރައްކާތެރިކަން ލިބޭނެ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 24/11/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އޮކްސްފޯޑު ޔުނިވަރސިޓީގެ ޓީމުން އުފައްދާ ކޮވިޑް-19 ވެކްސިންގެ ޓެސްޓިން މަރުހަލާއަށް ފަހު ވެކްސިންގެ އެހީގައި ކޮރޯނާވައިރަސް ނައްތާލެވިދާނެކަމަށް އޮތް ޔަގީންކަން އިތުރުވެއްޖެ ކަމަށް ބުނެފި އެވެ.

މިހާރުގެ ޑާޓާތަކުން ދައްކާގޮތުގައި މި ވެކްސިނުން 70 އިންސައްތަ ރައްކާތެރިކަން ލިބޭނެ އެވެ. އެހެންނަމަވެސް ރިސާޗަރުން ވަނީ މީގެ ޑޯޒް ޑަބަލް ކޮށްލައިފި ނަމަ މި ޔަގީންކަން 90 އިންސައްތައަށް އިތުރުވާނޭ ކަމަށް ބުނެފަ އެވެ.

މިހާތަނަށް އުފައްދަން ފެށި ވެކްސިންތަކުގެ ތެރެއިން ފައިޒާ އާއި މޮޑޭނާގެ ވެކްސިންގެ 95 އިންސައްތައަށް ކާމިޔާބުވާނޭ ކަމުގެ ޔަގީންކަން ވަނީ ލިބިފައެވެ. ހަމައެހެންމެ އޮކްސްފޯޑުގެ ނަތީޖާއަކީ އިތުރު ކާމިޔާބީއެއްގެ ގޮތުގައި ރިސާޗަރުން ދެކެއެވެ.

އެހެންނަމަވެސް، މިހާތަނަށް އެންމެ އަގުހެޔޮ އަދި ދުނިޔޭގެ ކޮންމެ ހިސާބަކަށް ފޯރުކޮށްދެވޭނޭ ކަމުގެ ޔަގީންކަން ލިބިފައިވަނީ ހަމައެކަނި އޮކްސްފޯޑުގެ ވެކްސިނަށެވެ. އެހެންކަމުން މި ވެކްސިން އެޕްރޫވް ވެއްޖެނަމަ ކޮވިޑް-19 ހުއްޓުވުމަށް މުހިއްމު ރޯލެއް އަދާކުރާ ވެކްސިނަކަށް އޮކްސްފޯޑުގެ ވެކްސިން ވާނޭކަމަށް ރިސަަޗަރުން ދެކެއެވެ. 

މިހާތަނަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އޮކްސްފޯޑުން އުފައްދާ ވެކްސިންގެ 100 މިލިޔަން ޑޯޒަށް އޯޑަރު ދީފައެވެ. އަދި އަންނަ އަހަރަށް މިއަދަދު ތިން ބިލިޔަނަށް އިތުރުވާނޭކަމަށް އެމީހުން ލަފާކުރެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ