އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 20/11/2020

އިންޑިޔާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 9 މިލިޔަނަށް އަރައިފި

މިހާރު ދުވާލެއްގެ މައްޗަށް 500އަށްވުރެ ގިނަ މީހުން މަރުވާ އިންޑިޔާއިން ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 132،202 އަށް އަރާފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 20/11/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންޑިޔާއިން އަލަށް ފެނުނު 46،182 ކޮރޯނާވައިރަސް ކޭސްތަކާއެކު މުޅި ޖުމްލަ އެ ޤައުމުން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 9 މިލިޔަނަށް އަރައިފި އެވެ.

ސައުތު އޭޝިޔާގައި އެންމެ ގިނައިން ކޮވިޑު ކޭސްތައް ފެނިފައިވާ އަދި މިހާތަނަށް މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އިންޑިޔާ އިންނެވެ. އަދި މިއީ މުޅި ދުނިޔެއިން އެމެރިކާއަަށް ފަހު ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ޤައުމެވެ.

މިހާރު ދުވާލެއްގެ މައްޗަށް 500އަށްވުރެ ގިނަ މީހުން މަރުވާ އިންޑިޔާއިން ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 132،202 އަށް އަރާފަ އެވެ.

އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ސަރުކާރީ އިދާރާތަކުން ވަނީ ޕޮޒިޓިވްވާ އަދަދު އިތުރުވަމުން ދިއުމާއި ގުޅިގެން ހޮސްޕިޓަލްތަކުގެ އެނދުތައް އަދި އައިސީޔޫތަކުގައި އިތުރު ޖާގަތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. ހަމައެހެންމެ އެ ޤައުމުގައި މިހާރު ފާހަގަކުރަމުންދާ ދިވާލީ ފެސްޓިވަލާއި ގުޅިގެން މި އަދަދު އިތުރުވެދާނޭ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

އިންޑިޔާގައި މާސްކު ނާޅާ މި ދުވަސްވަރު ބޭރަށް ނުކުމެ އުޅޭ މީހުން 2،000 ރުޕީސްއިން ޖޫރިމަނާ ކުރުމަަށް ވަނީ ނިންމާފަ އެވެ. ކުރިން އެ ޤައުމުގައި ޖޫރިމަނާ ކުރަމުންދިޔައީ 500 ރުޕީސް އިންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ