އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/11/2020

އިންސާނިއްޔަތަށްޓަކައި ބަންގްލަދޭޝްގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވާން އިސްނެގީ ދިވެހި ދަރިވަރެއް

ބަންގްލަދޭޝްގައި ރަނގަޅު ބޭސް ފަރުވާއެއް ނުލިބުމާއި، ބައްޔާއި ގުޅޭގޮތުން ސައްހަ މައުލޫމާތުތައް ނުލިބުމުގެ ނަތީޖާއަކަށް ވެފައިވަނީ ފަރުވާ ނުދެވުމުގެ ސަބަބުން ކޮވިޑު ނޫން ގޮތަށް ވެސް ބައެއް މީހުންގެ ފުރާނަ ގެއްލިފައި ވުމެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/11/2020

Bangladesh
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19ގެ ސަބަބުން އެކި ގޮތްގޮތަށް ވަނީ ދަތި އުނދަގޫ ތަހައްމަލްކުރަން ޖެހިފައެވެ. އެހެން ޤައުމުތަކާއި އެއްވަރަށް ރާއްޖޭގައި މީހުން ޕޮޒިޓިވް ނުވި ނަމަވެސް، ލޮކްޑައުންގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް މި ދަތި އުނދަގޫ ތަހައްމަލްކުރަން ޖެހިފައި ވެއެވެ. 

އެހެންނަމަވެސް، ރާއްޖެ އާއި އެހެން ޤައުމުތަކާއި ޕެންޑަމިކްގައި ކުރިމަތިވި ތަކްލީފްތަކުގެ ކުޑަބޮޑުމިން އިހްސާސް ކުރެވޭނީ އެކަމުގެ ތެރޭގައި އެންމެ ގާތުން ހަރަކާތްތެރިވި މީހުންނަށެވެ. މީގެތެރެއިން އެކަކީ ބަންގްލަދޭޝްގައި ޑޮކްޓަރީކަން ކިޔަވެމަށްފަހު އިންޓާރންޝިޕް ފުރިހަމަ ކުރަމުންދާ ޑރ. މަރިޔަމް އަޖުފާން އެވެ. 

ކޮވިޑް-19ގެ ޕެންޑަމިކްގައި ބޭރު ޤައުމުތަކުގައި މެޑިސިންގެ ދާއިރާއިން ތައުލީމު ހާސިލްކުރަމުންދިޔަ އެހެން ގިނަ ދަރިވަރުންތަކެކޭ އެއްފަދައިން އަޖުފާން ވެސް ވަނީ އެނބުރި ރާއްޖެއަށް އައިސް ރާއްޖޭގެ ކޮވިޑް-19 ޓާސްކް ޕޯސް އާއެކު 3 މަސް ވަންދެން ވޮލިންޓިއަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

ބަންގްލަދޭޝްގައި ވެސް ތަފާތު އެންޖީއޯތަކާއެކު މަސައްކަތް ކުރަމުން ގޮސްފައިވާ އަދި މިހާރުވެސް މަސައްކަތް ކުރަމުންދާ އަޖުފާން އަށް ވަނީ ކޮވިޑް-19އިން ސަލާމަތްވުމަށް ރާއްޖެ އަދި ބަންގްލަދޭޝް ވެސް ކުރަމުންދިޔަ މަސައްކަތް ވަރަށް ގާތުން ދެކިފަ އެވެ.

އަޖުފާން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ސިއްހީ އިދާރަަތަކުން މި ޕެންޑަމިކަށް ތައްޔާރުވެފައިވާ މިންވަރާއި ގާތަށް ވެސް ބަންގްލަދޭޝްގައި ތައްޔާރުވެވިފަ އެެއް ނެތެވެ.

"ރާއްޖެއިން ކުރަމުންދިޔަ މަސައްކަތް ބަންގްލަދޭޝް އާއި އަޅާބަލާއިރު ސަތޭކަގުނަ ރަނގަޅު. އަދި ރާއްޖޭގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި އެހެން ޤައުމުތަކާއި އަޅާކިޔުމަކީ ވެސް ލަދުވެތި ވާން ޖެހޭނެ ކަމެއް". އަޖުފާން ވިދާޅުވި އެވެ.

ރާއްޖޭގައި 3 މަސްް ވަންދެން ފްރަންޓްލައިންގައި މަސައްކަތް ކުރުމަށްފަހު އެނބުރި ބަންގްލަދޭޝްއަށް އަޖުފާން ދިޔައިރު އެޤައުމުގެ ގިނަ ހިސާބުތަކުގެ ހާލަތު އޮތީ ވަރަަށް ދަށަށް ގޮސްފަ އެވެ. އަޖުފާން ވިދާޅުވާ ގޮތުގައި ބަންގްލަދޭޝް އަކީ މުއްސަނދިންނާއި އެއްވަރަށް ގިނަ އަދަދަކަށް ފަގީރުން ދިރިއުޅޭ ޤައުމެއް ކަމުން ކޮވިޑުގެ އަސަރު އެކި ގޮތްގޮތަށް އެޤައުމުގެ ރައްޔިތުންނަށް ވަނީ ކޮށްފަ އެވެ. 

އެގޮތުން ރަނގަޅު ބޭސް ފަރުވާއެއް ނުލިބުމާއި، ބައްޔާއި ގުޅޭގޮތުން ސައްހަ މައުލޫމާތުތައް ނުލިބުމުގެ ނަތީޖާއަކަށް ވެފައިވަނީ ފަރުވާ ނުދެވުމުގެ ސަބަބުން ކޮވިޑު ނޫން ގޮތަށް ވެސް ބައެއް މީހުންގެ ފުރާނަ ގެއްލިފައި ވުމެވެ.

"މީގެ ދެ ދުވަސްކުރިން އަހަރެންގެ ލޯ ކުރިމަތީގައި ގެނބިގެން ގެނައި 9 އަހަރުގެ ކުއްޖެއް މަރުވީ. ސަބަބަކަށް ވީ އެ ކުއްޖާގެ އާއިލާ ފަގީރުވުމާއި އެންމެ ގާތުގައި ހުރި ހޮސްޕިޓަލަށް ގެންދެވޭނެ ވަރަށް އަތުގައި ފައިސާ ނެތުން". އަޖުފާންގެ ލޮލުގެ ކުރިމަތީގައި ހިނގި މި ހާދިސާ ސިފަ ކޮށްދީފައި ވެއެވެ.

ހަމައެހެންމެ، ޕެންޑަމިކްގެ ބިރުވެރިކަމުން މީގެ ހަފްތާއެއް ކުރިން އެމީހުންނަށް ލިބެން އުޅުނު އެއް މާބަނޑު ދެ ކުދިން ވަނީ މަންމަގެ ބަނޑަށް މަރުވެފަ އެވެ. އަޖުފާން ވިދާޅުވީ މިކަން މިގޮތަށް ދިމާވީ މީހުންގެ މެދުގައި އުފެދިފައި އޮތް ކޮވިޑުގެ ބިރުވެރިކަން ބޮޑުކަމުން ޑޮކްޓަރަށް ދެެއްކުމަށް ހޮސްޕިޓަލްތަކަށް ދިއުމަށް ޖެހިލުން ވާތީއެވެ. އަދި ވަގުތަށް އާދެވިއްޖެ ނަމަ މިފަދަ އެތައް ކުދިންނެއްގެ ފުރާނަ ސަލާމަތް ކުރެވޭނެކަން އަޖުފާން ވަނީ ފާހަގަކޮށްފަ އެވެ.

ސިއްހީ ހިދުމަތްތަކުގެ އިތުރުން މާލީ ގޮތުންވެސް އެޤައުމުގެ ގިނަ ރައްޔިތުން ތިބީ ނިކަމެތި ވެފައެވެ. އެގޮތުން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި އަދި ބައެއް މީހުން ބަލިވުމުން ކޮވިޑުކަމަށް ލަފާކޮށް ވެސް ވަނީ ވަޒީފާ އަތުލާފަ އެވެ.

މި ހުރިހާ ކަމެއް ހަމަލޮަލަށް ފެނުމުން އަޖުފާން ނިންމީ އެކަނިމާއެކަނި ނަމަވެސް އެ ޤައުމުގެ ރައްޔިތުންނަށް ވެވެން އޮތް އެހީތެރިކަމެއް ވެ ދިނުމަށެވެ. ހާއްސަކޮށް ކުރިއަށް އޮތީ ފިނި މޫސުން ކަމުން ކޮވިޑުގެ ސަބަބުން މަގުމަތިވެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އަޖުފާން ވަނީ ދިވެހިންގެ އަހީތެރިކަމަށް އެދިފައެވެ.

"ވިންޓަރ ޑޮނޭޝަން"ގެ ނަމުގައި އަޖުފާން ފެށި މި މަސައްކަތުގައި އޭނާ އާއެކު “އޮކްސިޖަން ފޯ ހިއުމޭނިޓީ” ނަމަކަށް ކިޔާ ކުޑަ އެންޖީއޯއެއް ވެސް ވަނީ ބައިވެރިވެފަ އެވެ.

"ވިންޓަރ ޑޮނޭޝަން"ގެ ގޮތުގައި ބަންގްލަދޭޝްގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ބެހުމަަށް އަޖުފާންމެން ހޯދުމަށް ނިންމާފައި ވަނީ ފިނި މޫސުމަށް ބޭނުންވާނެ ބްލޭންކެޓް އާއި ފިނިހެދުން، ބޭހުގެ ބާވަތްތައް، ސާފު ފެން އަދި ކާބޯތަކެތި ފަދަ ބާވަތްތަކެވެ.

"ބަންގްލަދޭޝްއަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރުން ފެބްރުއަރީއަށް ފިނި މޫސުން ތަޖުރިބާކުރަން ޖެހޭ ޤައުމެއް. އެހެންކަމުން މި ދުވަސްތަކުގައި ނިއުމޯނިއާ އާއި ނޭވާލާ ނިޒާމަށްޖެހޭ ބަލިތައް އިންތިހާއަށް އިތުރުވޭ. އެހެންވެ މި ވަގުތު ހާލުގައި ޖެހިފައި ތިބި މީހުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފިނި މޫސުން"، އަޖުފާން ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19ގެ ސަބަބުން މުދާ ބަންގްލަދޭޝްއަށް އެތެރެކުރުމަށް ދަތިވެފައި ވާތީވެ، އަޖުފާންމެން ނިންމާފައިވަނީ އަދި ހަމައެކަނި ފައިސާގެ އެހީ ހޯދުމަށެވެ. އަދި އެ ފައިސާއިން ސީދާ ބަންގްލަދޭޝްއިން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ހޯދުމަށް ވަނީ ނިންމާފައެވެ.

އެހެންކަމުން އިންސާނިއްޔަތަށްޓަކައި އެމީހަކަށް ވެވެން އޮތް އެހީއެއް ވެދިނުމަށް އަޖުފާން ވަނީ ދިވެހިންގެ ކިބައިން އެދިފައެވެ. އަދި "ވިންޓަރ ޑޮނޭޝަން" އެހީދޭން ބޭނުންވާ ފަރާތްތަކުން ވައިބާ (9136779) މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ