އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/11/2020

މައިގްރެއިން އަލާމާތްތަށް ދެނެގަންނާނީ ކިހިނެތް؟

މައިގްރެއިން އެންމެ ގިނައިން ތަހައްމަލް ކުރަނީ އަންހެނުން- ޑރ. މައުރޫފް
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/11/2020

Migraine
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މައިގްރެއިން އަކީ ގަދަޔަށް ބޮލުގައި ރިހުމުގެ ބާވަތަކަށް ކިޔާ ނަމެކެވެ. މިހާތަނަށް ޓެސްޓަކުން އަދި ސްކޭނަކުން ނުފެންނަ މި ބޮލުގެ ރިހުމަކީ ރާއްޖޭގައި އެންމެ އާންމު ބާވަތުގެ ބޮލުގެ ރިހުމެވެ. 

މިއީ ތަފާތު އަލާމާތްތަކާއެކު ދެނެގަނެވޭ ނާރުގެ މައްސަލައެކެވެ. ސައިންސުން އެނގޭގޮތުގައި ބައެއް ފަހަރު މައިގްރެއިން ބޮލުގެ ރިހުމަކީ އާއިލާތެރެއިން ވާރުތަކުރާ ރިހުމެކެވެ.

އަދި ކަރުންމަތީގެ ހާއްސަ ޑޮކްޓަރ، ޑރ މައުރޫފް ހުސެއިން ވިދާޅުވާ ގޮތުގައި މައިގްރެއިން އެންމެ ގިނައިން ތަހައްމަލް ކުރަނީ އަންހެނުންނެވެ. އަދި މައިގްރެއިން ދެނެގަނެވޭ އަލާމާތްތައް ވެސް ޑރ. މައުރޫފް ވަނީ ހިއްސާކުރައްވާފަ އެވެ.

މައިގްރެެއިން އަށް ޝަރުތުހަމަވަނީ ތިރީގައިވާ އަލާމާތްތަކުގެ ތެރެއިން މަދުވެގެން 2 އަލާމާތެއް ހުރެގެންނެވެ. އެއީ:

• މަދުވެގެން 4 ގަޑިއިރު ގިނަވެގެން 3 ދުވަހަށް ބޮލުގެ ރިހުން ދިގުދެމިގެން ދިއުން
• ވިންދު ޖަހާގޮތަށް ބޮލުގައި ރިހުން
• ބޮލުގެ އެއްފަޅީގައި ރިހުން
• އާދައިގެ ވަރަކަށް ވުރެ ބޮޑަށް ބޮލުގައި ރިހުން
• މަސައްކަތެއް ކޮށްލީމާ ރިހުން ގަދަވުން

އަދި މައިގްރެެއިންގެ ރިހުމަށް މީގެއިތުރުން ތިރީގައި ހިމެނޭ ކަންކަމުގެ ތެރެއިން މަދުވެގެން އެއް އަލާމާތް ހުންނަން ޖެހޭނެ އެވެ.

• ބޮލުގައި ރިއްސާ ވަގުތު މޭނުބައިކޮށްފައި ހޮޑުލެވުން
• ބޮލުގައި ރިއްސާ ވަގުތު އަލި އަދި އަޑަށް އުނދަގޫވުން

މައިގްރެއިންގެ ރިހުން ބޮޑުވާނަމަ ޑޮކްޓަރުން ރިހުމަށް ބޭސް ދޭނެ އެވެ. އެހެންނަމަވެސް މި ރިހުމަށް ބޭސް ދިނުމުގައި ޑޮކްޓަރުން އާންމުގޮތެއްގައި އުމުރަށް އަދި އެކަމުގެ ސީރިޔަސް ކަމަށް ބަލާނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ