އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/11/2020

ދުނިޔޭގެ އެކި ހިސާބުތަކުން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 50 މިލިޔަނަށްވުރެ މައްޗަށް

މިހާތަނަށް ކޮވިޑުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޔޫރަޕް އަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/11/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާއިން ފެތުރެން ފެށި ކޮރޯނާވައިރަހުގެ ދެވަނަ ރާޅެއް ނެގިފަހުން އިއްޔެ އާއި ހަމަޔަށް ދުނިޔޭގެ އެކި ހިސާބުތަކުން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 50 މިލިޔަން ހުރަސްކޮށްފަ އެވެ.

ކޮވިޑް-19 ޕެންޑަމިކް ފެށުނު ފަހުން އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޱިޓިވްވެފައި ވަނީ ފާއިތުވި އޮކްޓޫބަރު މަހުގަ އެވެ. އެގޮތުން ފާއިތުވި މަސްތެރޭގައި އެމެރިކާއިން އެކަނިވެސް ވަނީ ދުވާލެއްގެ މައްޗަށް 100،000 ޕޮޒިޓިވް ކޭސް ފެނިފަ އެވެ. 

އަދި ފާއިތުވި ހަތް ދުވަސްތެރޭގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 540،000 އަށް އަރާފަ އެވެ. އަދި މިހާތަނަށް މި ބަލީގައި ވަނީ 1.25 މިލިޔަނަށްވުރެ ގިނަ މީހުން މަރުވެފަ އެވެ. 

މި ޕެންޑަމިކްގެ ސްޕީޑް ދަށްވެ މި ދޭތެރެއިން 30 މިލިޔަނުން 40 މިލިޔަނަށް އަރަން 32 ދުވަސް ނެގިނަމަވެސް، މި އަދަދު 50 މިލިޔަނަށް އަރާފައިވަނީ އެންމެ 21 ދުވަސްތެރޭގަ އެވެ. 

މިހާތަނަށް ކޮވިޑުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޔޫރަޕް އަށެވެ. އެގޮތުން އެ ސަރަހައްދުން އެކަނި 12 މިލިޔަން ކޮވިޑު ކޭސް ވަނީ ފެނިފަ އެވެ. އަދި ކޮވިޑުގައި މިހާތަނަށް މަރުވި މީހުންގެ 24 އިންސައްތަ ނިސްބަތްވަނީ ޔޫރަޕަށެވެ.

ފްރާންސުން ފާއިތުވި ހަތް ދުވަސްތެރޭގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ރޭޓް އުޅެނީ 54،000 ގައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ