އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 06/11/2020

ފުރަބަންދު ކަރަންޓީން ހުއްޓާލަން އަދި ނިންމާފައިނުވޭ: ޑރ.ނަޒްލާ

ޑރ. ނަޒްލާ މިހެން ވިދާޅުވީ ނުވެމްބަރު 15 އިން ފެށިގެން ފުރަބަންދު ކަރަންޓީން ނިންމާލަން އުޅޭކަމުގެ ވާހަކަތަކެއް ފެތުރިފައިވަނިކޮށެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 06/11/2020

Coronavirus COVID-19 Dr Nazla Rafeeg
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފުރަބަންދު ކަަރަންޓީން ހުއްޓާލުމަށް މިހާތަނަށް އެއްވެސް ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ފުރަބަންދު ކަރަންޓީން އުވާލާ ގޮތަށް ނުނިންމާ ކަމަށާއި، އެފަދަ ނިންމުމެއް ނިންމާނަމަ އެކަން އިއުލާން ކުރާނެ ކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ މިފަދަ ނިންމުމެއް ނިންމާނަމަ ވަރަށް ގިނަ ކަންކަމަށް ބަލާނެ ކަމަށާއި، ވަރަށް ގިނަ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

"އަދި އެ ގޮތަކަށް ނުނިމޭ. ނިމުނީމަ އަޅުގަނޑުމެން އެކަން އިއުލާނު ކުރާނަން. ވަކި ދުވަހެއްގައި ކަރަންޓީންވުން ނިމުމަކަށް ގެންނަން ނިންމައިފިނަމަ އެކަން އާންމު ކުރާނެ،"

ޑރ. ނަޒްލާ މިހެން ވިދާޅުވީ ނުވެމްބަރު 15 އިން ފެށިގެން ފުރަބަންދު ކަރަންޓީން ނިންމާލަން އުޅޭކަމުގެ ވާހަކަތަކެއް ފެތުރިފައިވަނިކޮށެވެ.

ކޮވިޑް-19 އަށް މާލެ ސިޓީ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށާއި، ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްއީއޯސީން އިލްތިމާސްކޮށްފައިވެއެވެ.

އަދި މާލެސިޓީގައި އޮތީ ކޮމިއުނިޓީ ސްޕްރެޑެއް ކަމަށްވާތީ މާލެއިން ފުރައިގެން އަތޮޅުތެރޭގެ ރަށަކަށް ދާނަމަ 14 ދުވަހުގެ ފުރަބަންދު ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ