އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 08/11/2020

ކެއްސުމުގެ އަޑުން ކޮރޯނާވައިރަސް ހުރިތޯ ދެނެގަންނަން މަސައްކަތް ކުރަނީ

މި ދިރާސާ ހެދުމަށްޓަކައި ޖުމްލަ 70،000 ކެއްސުމުގެ ރެކޯޑިން ވަނީ ލިބިފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 08/11/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެމެރިކާގެ މަސަޗޫސެޓްސް އިންސްޓިޓިއުޓް އެފް ޓެކްނޮލޮޖީގެ ރިސާޗަރުން ދާދިފަހުން އާންމުކުރި ރިޕޯޓަކުން، ކުެއްސުމުގެ  އަޑުންވެސް ކޮރޯނާވައިރަސް ހުރިކަން ދެނެގަނެވޭނެކަމަށް ބުނެފި އެވެ.

އާރޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)ގެ އެހީގައި މި އިންސްޓިޓިއުޓްގެ ރިސާޗަރުންގެ ޓީމުވަނީ ކޮވިޑުގެ ކެއްސުން ދެނެގަނެފަ އެވެ. މިކަމަށްޓަކައި ރިސާޗަރުން އަޑުތައް އެއްކޮށްފައިވަނީ އެކި މީހުން ކެއްސަމުން ދިޔަ ވަގުތު ފޯނު ފަދަ އިލެކްޓްރިކް ވަސީލަތްތަކަށް ރެކޯޑު ކޮށްގެންނެވެ. 

މީގެ އިތުރުން ރެކޯޑިން ހޯދި ފަރާތްތަކުގެ ކިބައިން ޓީމުން ވަނީ ކެއްސުމުގެ އިތުރުން ދެން ފެންނަ ހުރި އަލާމާތްތައް އޮޅުންފިލުވާފަ އެވެ. އަދި ކޮވިޑަށް ޓެސްޓް ކޮށްފައިވޭތޯ ވެސް ވަނީ ޔަގީންކޮށްފަ އެވެ. 

މި ދިރާސާ ހެދުމަށްޓަކައި ޖުމްލަ 70،000 ކެއްސުމުގެ ރެކޯޑިން ވަނީ ލިބިފަ އެވެ. އަދި އޭގެ ދިރާސާ ޓީމުން ވަނީ 200،000 އެކި މީހުންގެ ކެއްސުމުގެ ސާމްޕަލް ނަގާފަ އެވެ. 

އެއަށްފަހު ސިސްޓަމް ބޭނުންކޮށްގެން ހެދި ތަހުލީލުތަކުން ދެއްކި ގޮތުގައި ކެއްސުމުގެ ސާމްޕަލްތަކުގެ ތެރެއިން 98.5 އިންސައްތަ ސާމްޕަލްސް ކޮވިޑަށް ޕޮޒިޓިވް އެވެ. އަދި މީގެތެރޭގައި އަލާމާތެއް ނެތި ކޮވިޑަށް ޕޮޒިޓިވްވި މީހުންވެސް ހިމެނެ އެވެ. 

ކޮވިޑުގެ ކެއްސުން ދެނެގަންނަ އާރޓިފިޝަލް އިންޓެލިޖެންސް މޮޑެލްސް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، އެމްއައިޓީގެ ރިސާޗަރުންތަކެއް ދަނީ ކެއްސުމުގެ އަޑު ބޭނުންކޮށްގެން އަލްޒައިމާ ބަލި ހުރިކަން ދެނެގަންނާނެ އާރޓިފިޝަލް އިންޓެލިޖެންސް މޮޑެލްސް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ