އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 25/10/2020

ކޮވިޑް-19 އެންޓިބޮޑީ ސަރވޭއަށް އެއްބާރުލުން ދިނުމަށް ޑރ. ނަޒްލާ އެދިލައްވައިފި

ރޭންޑަމްކޮށް ހޮވޭ މީހުންނަށް ސާމްޕަލް ނަގަން ދާންވީ ތަނާއި ވަގުތު އަންގައިދިނުމުގެ އެޗްޕީއޭއިން އެސްއެމްއެސް އެއް ފޮނުވާނެ - ޑރ. ނަޒްލާ
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 25/10/2020

Coronavirus COVID-19 Dr Nazla Rafeeg
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިހާރު ކުރިއަށް ގެންދާ ސެރޯޕްރިވޭލަންސް ސަރވޭއަށް އެއްބާރުލުން ބޭނުންވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، މި ސަރވޭގައި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންގެ ސާމްޕަލް މިހާރު ނެގިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރެވެމުން ދަނީ 18 އަހަރުން މަތީގެ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތެވެ.

މި ސަރވޭ ކުރިޔަށްދަނީ ހަތަރު އުުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 17 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނާއި 35 އަހަރާއި 59 އަހަރާ ދެމެދުގެ މީހުން އަދި އުމުރުން 60 އަހަރުން މަތީގެ އުމުރުފުރާތަކެވެ.

މި ސަރވޭގައި ބަލަނީ ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް އެންޓިބޮޑީ ހެދިފައި ހުރިތޯއެވެ. މިގޮތަށް އެންޓިބޮޑީ އުފެދެނީ ކުރިން ބަލި ޖެހި ރަނގަޅުވެފައި ހުރުމުންނެވެ.

އެހެންކަމުން މިއީ ބައްޔަށް ޓެސްޓުކުރަން ހަދާ ޕީސީއާރް ޓެސްޓެއް ނޫނެވެ. އޭގެ ބަދަލުގައި އެންޓިބޮޑީ ޓެސްޓު ހަދާނީ ލޭ ނަގައިގެންނެވެ. ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި މިގޮތަށް ލޭ ނަގާނީ އާންމު ކޮށް ލެބޯޓްރީ ޓެސްޓް ހެދުމަށް ނަގާ ގޮތަށް ކަމަށާއި އަދި ޓެސްޓްގެ ނަތީޖާ ކޮންމެ މީހަކަށް ވެސް އެސްއެމްއެސްއަކުން ލިބޭނެކަމަށެވެ. އަދި ނަތީޖާ ޕޮޒިޓިވްވެގެން ކަރަންޓީނު ވުން ފަދަ ކަމެއް ކުރަން ނުޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި ސަރވޭގައި ޖުމްލަ 4،098 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ސްޓަޑީގައި ސާމްޕަލް ނެގުމަށް މީހުން ހޮވަނީ ރޭންޑަމްކޮށެވެ. އަދި މިހެން ހޮވޭ މީހުންނަށް ސާމްޕަލް ނަގަން ދާންވީ ތަނާއި ވަގުތު އަންގައިދިނުމުގެ އެޗްޕީއޭއިން އެސްއެމްއެސް އެއް ފޮނުވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެެވެ.

މި ސަރވޭގެ އެންމެ މުހިންމު ބޭނުމަކީ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން ކޮވިޑް-19 އަށް ހުށަހެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަތޯ ބެލުމެވެ. މީގެ ސަބަބުން ކޮވިޑް ފެތުރިފައިވާ ބާރުމިން ދެނެގަނެވި، ސިޔާސަތުތަކަށް އިތުރަށް ގެންނަންވީ ކޮން ބަދަލުތަކެއްތޯ ބެލިގެންދާނެއެވެ. މި ދިރާސާ ކުރަން ބޭނުންކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ މެތޮޑޮލަޖީއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ