އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 24/10/2020

ކޮރޯނާވައިރަސް ކްލޯސް ކޮންޓެކްޓްސް ކަނޑައަޅާ އުސޫލަށް ބަދަލުތަކެއް

މީގެ ކުރިން، ސީޑީސީ އިން ކޮވިޑުގެ ކްލޯސް ކޮންޓެކްޓްސްގެ ގޮތުގައި ބަލަނީ ވައިރަސް ޖެހިފައި ހުރި މީހެއްގެ ގާތުގައި މަދުވެގެން 15 މިނިޓް ހަ ފޫޓަށްވުރެ ގާތުގައި ހޭދަކުރާ މީހުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 24/10/2020

Coronavirus COVID-19 CDC
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނު (ސީޑީސީ)އިން ކޮރޯނާ ވައިރަސް ކްލޯސް ކޮންޓެކްޓްސްގެ ގޮތުގައި މިހާރު ކަނޑައަޅާ އުސޫލަށް ބަދަލު ގެނެސްފި އެވެ.

ކުރިން ސީޑީސީ އިން ކޮވިޑުގެ ކްލޯސް ކޮންޓެކްޓްސްގެ ގޮތުގައި ބަލަނީ ވައިރަސް ޖެހިފައި ހުރި މީހެއްގެ ގާތުގައި މަދުވެގެން 15 މިނިޓް ހަ ފޫޓަށްވުރެ ގާތުގައި ހޭދަކުރާ މީހުންނެވެ. މި ތަފްސީލުގެ މާނައެއްގެ ގޮތުގައި ވަނީ މިގޮތަށް ފާހަގަކުރެވޭ ކްލޯސް ކޮންޓޮކްޓްސް އަކީ ކޮންމެހެން ކަރަންޓީނު ވާން ޖެހޭ މީހުންނެވެ.

ނަމަވެސް އަލަށް ގެނައި ބަދަލުގައި ސީޑީސީއިން ވަނި ކްލޯސް ކޮންޓެކްޓްސްގެ ގޮތުގައި ބަލާ އުސޫލު 24 ގަޑިއިރުގެތެރޭގައި ވައިރަސް ޖެހިފައި ހުރި މީހެއް ނުވަތަ ބައެއްގެ ގާތުގައި މަދުވެގެން 15 މިނިޓް ހަ ފޫޓަށްވުރެ ކައިރީގައި ހޭދަކުރާ މީހުން ކަމުގައި ކަނޑައަޅާފަ އެވެ. މީގެ މާނައަކީ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވާ މީހަކާއި އެއްފަހަރަށްވުރެ ގިނައިން ބައްދަލުވެގެން ވައިރަސް ޖެހިދާނެކަމެވެ.

މި ބަދަލު ސީޑީސީއިން ގެނެސްފައިވަނީ ދާދިފަހުން ހެދި ދިރާސާއަކަށް ފަހުގައެެވެ. އެގޮތުން ވާމައުންޓް ޖަލުގައި ކޮރޯނާވައިރަސް ފެތުރުމާއި ގުޅިގެން އެތަނުގައި ހެދި މި ދިރާސާއަށްފަހުގައި ސީޑީސީއިން ވަނީ ވައިރަސް ދަތުރުކުރުމުގެ ފުރުސަތު އޮތީ އަށް ގަޑިއިރުގެ ތެރެއިން މަދުވެގެން 15 މިނިޓް އެކުގައި ހޭދަކުރާ މީހުންގެ މެދުގައި ކަމަށެވެ.

އަދި ވައިރަސް ފެތުރުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރަނީ ވައިރަހަށް ހުށަހެޅޭ ވަގުތުކަމަށް ސީޑީސީއިން ވަނީ ބުނެފަ އެވެ.

“އާންމުގޮތަށް ބުނާނަމަ، ކޮވިޑް ޖެހިފައި އެހެންނަމަވެސް އަލާމާތެއް ފެންނަން ނެތް މީހަކާއެކު ގިނަ ވަގުތު ހޭދަކުރިޔަސް، ތިބާއަށް ވައިރަސް ޖެހުމުގެ ޗާންސް ވަރަށް ބޮޑު” ސީޑީސީ އިން ބުންޏެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ